03 އެޕްރީލް 2024 - 11:06

މެންޗެސްޓާ (އޭޕްރީލް 3) - މެންޗެސްޓާ ޔުނައިޓެޑްގެ ހަރަދުކުޑަ ކުރަން އެ ކްލަބްގެ ކޯޕަރޭޓް ކްރެޑިޓްކާޑުތައް ކެންސަލް ކުރަން ނިންމައިފި އެވެ.
މިދިޔަ ދެ ސީޒަނުގައި ޓްރާންސްފާ އަށް އިންތިހާ އަށް ބޮޑު ހަރަދެއް ކުރި ޔުނައިޓެޑަށް ފައިދާ ދެމެހެއްޓެނިވި ގޮތުގައި ނުހިފެހެއްޓޭ މައްސަލައިގައި މިދިޔަ ސީޒަނުގައި އެ ކްލަބް ޖޫރިމަނާ ކުރި އެވެ.
ޖޫން 2022 ން ފެށިގެން ޔުނައިޓެޑުން ވަނީ އާ ކުޅުންތެރިން ގަތުމަށް 479 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.
ދެމެހެއްޓެނިވި ގޮތުގައި ފައިދާ ދެމެހެއްޓުމުގެ އުސޫލާ އެ ކްލަބުން ހިލާފް ވުމުން ޔޫއޭފާއިން މިދިޔަ ސީޒަނުގައި އެ ކްލަބް ޖޫރިމަނާ ކުރީ 323،000 ޑޮލަރުންނެވެ.
ޕްރިމިއާ ލީގުގެ ފައިނޭންޝިއަލް ފެއާޕްލޭއާގެ އުސޫލުގެ ތެރެއަށް ވަނުމަށް ކޯޕަރޭޓް ކްރެޑިޓްކާޑްތައް ކެންސަލް ކުރުމަށް ނިންމާފައިވާ ކަމަށް ޔުނައިޓެޑްގެ އޮފިޝަލަކާ ހަވާލާދީ އީއެސްޕީންއިން ބުންޏެވެ.
ޔުނައިޓެޑްގެ ކަންކަމުގައި މިހާރު އެންމެ ބޮޑަށް މަޝްއޫލުވާ ކޯ އޯނަރު ޖިމް ރެޓްކްލިފް ވަނީ، ޔުނައިޓެޑްގެ ހުރިހާ ހަރަދުތަކެއް ބަލައިފަ އެވެ.
އެކަން ބެލުމުން ފާހަގަވީ ޔުނައިޓެޑްގެ ކޮންމެ ޑިޕާޓްމެންޓެއްގެ ހެޑް، ކޯޕަރޭޓް ކްރެޑިޓް ކާޑު ގެންގުޅޭ ކަމަށެވެ.
ކޯޕަރޭޓް ކްރެޑިޓް ކާޑަކީ ކުންފުނިތަކުގެ ބޭނުމަށް ދޫކުރާ ކާޑްތަކެވެ. އެއަށް ހަރަދު ކުރުމަށް ފަހު ފައިސާ ދައްކާނީ ވެސް ކުންފުނިންނެވެ.