ވަގަށް ބިލެތް ކަނޑަށް ތިބި ދެ މީހަކު ދެ ބަސްތާ ބިލެތާ އެކު ހައްޔަރުކޮށްފި
ވަގަށް ބިލެތް ކަނޑަށް ތިބި ދެ މީހަކު ދެ ބަސްތާ ބިލެތާ އެކު ހައްޔަރުކޮށްފި

މާލޭގެ ގެއަކުން ވަގަށް ބިލެތް ކަނޑަން ތިބި ބަޔަކު، ދެ ބަސްތާ ބިލެތާ އެކު އަތުލައިގެންފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މ. ހަވާއީގައި އޮތް ބިލެތް ޅޮހަކުން ވަގަށް ބިލެތް ކަނޑަން ތިއްބައި ދެ މީހަކު އަތުލައިގަތީ ހެނދުނު 8:00 ހާއިރު ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މީހަކާއި 63 އަހަރުގެ މީހެއް ކަމަށް ޝިފާން ވިދާޅުވި އެވެ.

މި ރޯދަ މަހު ވެސް ވައްކަންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި ރޯދަމަހުގެ ފުރަތަމަ 15 އާ ހިސާބަށް މާލެ ސަރަހައްދުން ވައްކަމުގެ 110 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.