ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، އިތުރު ފަރުވާ އަށް މާލެ އަށް
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، އިތުރު ފަރުވާ އަށް މާލެ އަށް

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހާ މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، އިތުރު ފަރުވާ އަށް މާލެ އަށް
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، އިތުރު ފަރުވާ އަށް މާލެ އަށް

ފުވައްމުލަކު ދޫނޑިގަން އަވަށުގައި އެ އެކްސިޑެންޓް ހިނގީ އޭނާ ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ، ޒިބްރާ ކްރޮސްގެ ޕޯސްޓް ދަނޑީގައި ޖެހިގެންނެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާ ވެފައި ވަނީ އުމުރުން 32 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުންނެވެ.

ރޭ ފަތިހު އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާއިރު ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި އަނިޔާވި މީހާ އަކީ އެކި ބާވަތުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އެ އެކްސިޑެންޓް ހިނގި ސަރަހައްދުން ޑްރަގް ފެނިފައިވާ ކަމަށް ވެސް އެނގިފައި ވެ އެވެ.