ބްރައިޓަންއާ އަހަރެން ދަތުރުކުރަނީ އެއް ޕްލޭނަކަށްތޯ ބަލާނަން: ޑި ޒާބީ
ބްރައިޓަންއާ އަހަރެން ދަތުރުކުރަނީ އެއް ޕްލޭނަކަށްތޯ ބަލާނަން: ޑި ޒާބީ

ބްރައިޓަން އެންޑް ހޯވް (މާޗް 31) – ބްރައިޓަން ހޯވް އެލްބިއޯން އާއި އޭނާ ދަތުރުކުރަނީ އެއް ޕްލޭނަކަށްތޯ ބަލަން ބޭނުންވާ ކަމަށް އެ ކްލަބްގެ ކޯޗު ރޮބާޓޯ ޑި ޒާބީ ބުނެފި އެވެ.

ޑި ޒާބީ، 44، ބްރައިޓަންއާ ހަވާލުވީ ސެޕްޓެމްބަރު 2022 ގަ އެވެ. އޭނާގެ ފުރަތަމަ ސީޒަންގައި ވެސް އެ ކްލަބަށް ޔޫރަޕްގެ މުބާރާތުން ޖާގަ ހޯދައިދިނެވެ.

އެ ކްލަބާ އެކު އިޓަލީގެ ކޯޗަށް ދެ އަހަރު އެބައޮތެވެ. އެކަމަކު އޭނާ ގެންދަން ބައެއް ކްލަބްތަކުން ޝައުގުވެރިވެ އެވެ. ބާސެލޯނާ އާއި ލިވަޕޫލުން އޭނާ އަށް ޝައުގުވެރިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އަހަރެން ބޭނުން ކްލަބާ ވާހަކަ ދައްކަން. އަހަރެންގެ ކޮންޓްރެކްޓް ކްލަބާ އެކު އެބައޮތް. އެކަމާ މެދު މައްސަލައެއް ނެތް. އެކަމަކު މައްސަލައަކީ އެކުގައި މަސައްކަތް ކުރަން ކުރިމަގުގެ ޕްލޭނަކާ މެދު ގޮތެއް ނިންމުން،" ޑި ޒާބީ އިއްޔެ ބުންޏެވެ.

"އަހަރެންގެ ކުރިމަގާ މެދު ގޮތެއް ނުނިންމަން. ބޭނުންވަނީ ޓޯނީ [ބްލޫމް، ބްރައިޓަންގެ ރައީސް] އާ ވާހަކަދައްކައި ކުރިމަގަށް އޭނާގެ ހުރި ޕްލޭންތަކަކީ ކޮބައިކަން ދެނެގަންނަން. އެއަށް ފަހު ދެން އެއްވެސް މައްސަލައެއް ނެތް."