އީދަށް ހާއްސަކޮށް އައިކެއާ އިން އަވިއައިނުން ޑިސްކައުންޓް ދެނީ
އީދަށް ހާއްސަކޮށް އައިކެއާ އިން އަވިއައިނުން ޑިސްކައުންޓް ދެނީ

ފިތުރު އީދަށް ހާއްސަކޮށް އައިކެއާގައި އަވިއައިނުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި އަވިއައިނުން 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

އައިކެއާ އިން ކުއިކްސިލްވާ އާއި ރޭބަން އާއި ރޮކްސީ އަދި މައިކަލް ކޯސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އައިނު ލިބޭނެ އެވެ. އަދި މި ތަނަކީ ކޮލިޓީ ރަނގަޅު ނޯވާ ބްރޭންޑުގެ އަވި އައިނު ވެސް ވިއްކާ ތަނެކެވެ. އެތަނުގައި އެކި ވައްތަރުގެ އެކި ކުލަތަކުގެ އައިނު ދުނިގަނޑާއި އަވިއައިނު ހުންނައިރު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ގިނަ ޑިޒައިންތަކެއް ވެސް އެތަނުން ލިބެ އެވެ.

މި ޕްރޮމޯޝަން މާލޭގެ އައިކެއާ ފިހާރަތަކުގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި ހުންނަ އައިކެއާގެ އައުޓްލެޓްތަކުގައި ވެސް ކުރިއަށް ދާނެ އެވެ.