ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ޗައިނާގެ ކުންފުނިން ފަށައިފި
ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ޗައިނާގެ ކުންފުނިން ފަށައިފި

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތްތައް ޗައިނާގެ ކުންފުނިން އަލުން މިއަދު ފަށައިފި އެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ޗައިނާގެ ކުންފުނިން ފަށައިފި
ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ޗައިނާގެ ކުންފުނިން ފަށައިފި

އެ މަސައްކަތް އިތުރު ތިން އަހަރަށް މި ސަރުކާރުން ހަވާލުކުރީ ކުރިން ވެސް އެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުންޏާ އެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ޗައިނާގެ ކުންފުނިން ފަށައިފި
ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ޗައިނާގެ ކުންފުނިން ފަށައިފި

މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބްރިޖު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ޗައިނާގެ މުވައްޒަފުން އެ މަސައްކަތް ކުރާއިރު، ދިވެހި ޓެކްނީޝަނުންނަށް ބޭނުންވާ ތަމްރީނު ވެސް ދޭނެ އެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައި ވަނީ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރުން ކުރިއަށް ގެންދާނީ ސީސީސީސީ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ އެކުއެކީގައި ކަމަށެވެ.

"ދިވެހި ޓެކްނިޝަނުން ތައްޔާރުކޮށް ބޭނުންވާ ޓްރެއިނިންތައް ދޭނެ. މި އެއްބަސްވުން ނިމުމުން ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ހަވާލުވެވޭ ފެންވަރަށް ދިވެހިން ބިނާކުރުމާއި ދިވެހިންގެ ބެލުމުގެ ދަށުން މެއިންޓަނަންސްގެ މަސައްކަތް ކުރުމަށް ދިވެހިން ޓްރެއިން ކޮށްދިނުން ހިމެނޭ،" މުއްތަލިބް ވިދާޅުވި އެވެ.

• ރޯޑް އިންޖިނިއަރިން.

• ސޭފްޓީ ފެސިލިޓީ، ލޭޑްސްކޭޕިން.

• ބްރިޖް މެއިންޓެނަންސް.

މިހާތަނަށް ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު، ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.