ސްޓެލްކޯ އިން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި
ސްޓެލްކޯ އިން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި

ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މި އަހަރުގެ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދިއުމުގެ ފުރުސަތު ލިބޭ ހަ މީހުން ރޭ ހޮވައިފި އެވެ.

ސްޓެލްކޯ އިން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި
ސްޓެލްކޯ އިން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި

ހައްޖާއި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ނެގީ އެ ކުންފުނީގެ މުވައްޒަފުންނަށް ރޭ ދިން ހާއްސަ ތަރާވީހުގަ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އެ ފުރުސަތު ހުޅުވައިލީ ދެ ޖިންސު ވަކިންނެވެ.

ސްޓެލްކޯ ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ހުޅުވައިލި ފުރުސަތުގައި 116 މުވައްޒަފަކު ކުރިމަތިލިއިރު އޭގެ ތެރެއިން 98 މުވައްޒަފުންގެ ޝަރުތު ހަމަވާ ކަމަށެވެ. އުމްރާގެ އަޅުކަމަށް ކުރިމަތިލި 263 މީހުންގެ ތެރެއިން ޝަރުތު ހަމަވީ 254 މުވައްޒަފެކެވެ.

ސްޓެލްކޯ ބުނި ގޮތުގައި މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު އެ ކުންފުނިން އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފަކަށް އެކަންޏެވެ. އެކަމަކު، އެ ޕޮލިސީ ބަދަލުކޮށް މި އަހަރު ނިންމީ ހައްޖުގެ އަޅުކަމާއި އުމްރާއަށް ވެސް ދެ ފިރިހެންނާއި އަންހެން މުވައްޒަފަކު ހޮވާށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ހޮވުނު މުވައްޒަފުން:

• އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ
• މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ
• އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ

އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުން:

• އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ
• މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް
• ހަދީޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ހައްޖުގެ އަޅުކަން އަދާކުރުމަށް ސްޓެލްކޯގެ ފަރާތުން ފޮނުވަނީ އެ ކުންފުނީގައި މަސައްކަތްކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވީ މުވައްޒަފުންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ. އަދި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ކުންފުންޏަށް ހިދުމަތް ކުރާ މުވައްޒަފުންނަށް އުމްރާގެ އަޅުކަމަށް ކުރިމަތިލެވެ އެވެ.

ރޭގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިރު ވިދާޅުވީ، ސްޓެލްކޯ އަށް 75 އަހަރު ފުރެން ގާތްވެފައިވާއިރު، އެ ދާއިރާގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި އަދި އެންމެ ފުންނާބު އުސް މީހުން ތިބީ އެ ކުންފުނީގައި ކަމަށެވެ. އެހެންވެ، މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީގެ އިސްނެންގެވުމާ އެކު، ގައުމީ ފެންވަރެއްގައި އެ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.