އިންޑިއާގެ އިންތިހާބުތަކުން އެންމެ ގިނައިން ބަލިވި މީހާ އަނެއްކާ ވާދަކުރަނީ، މިއީ 239 ވަނަ ފަހަރު
އިންޑިއާގެ އިންތިހާބުތަކުން އެންމެ ގިނައިން ބަލިވި މީހާ އަނެއްކާ ވާދަކުރަނީ، މިއީ 239 ވަނަ ފަހަރު

ދުނިޔޭގެ އެންމެ ބޮޑު އިންތިހާބު ބާއްވާ އިންޑިއާގައި މިހާތަނަށް 238 ފަހަރު ވާދަކޮށްގެން ވެސް ކާމިޔާބު ނުވި ކޭ. ޕަދްމަރަޖަން މިފަހަރު ވެސް ވާދަކުރަން ނުކުމެއްޖެ އެވެ.

އިންޑިއާގެ އިންތިހާބުތަކުން އެންމެ ގިނައިން ބަލިވި މީހާ އަނެއްކާ ވާދަކުރަނީ، މިއީ 239 ވަނަ ފަހަރު
އިންޑިއާގެ އިންތިހާބުތަކުން އެންމެ ގިނައިން ބަލިވި މީހާ އަނެއްކާ ވާދަކުރަނީ، މިއީ 239 ވަނަ ފަހަރު

އުމުރުން 65 އަހަރުގެ ޕަދްމަރަޖަން އަކީ ވެހިކަލް މަރާމާތުކުރާ ގަރާޖެއް، ޓެމިލްނާޑޫގެ މެތޫރުގައި ހިންގާ މީހެކެވެ.

އިންޑިއާގެ އިންތިހާބުތަކުން އެންމެ ގިނައިން ބަލިވި މީހާ އަނެއްކާ ވާދަކުރަނީ، މިއީ 239 ވަނަ ފަހަރު
އިންޑިއާގެ އިންތިހާބުތަކުން އެންމެ ގިނައިން ބަލިވި މީހާ އަނެއްކާ ވާދަކުރަނީ، މިއީ 239 ވަނަ ފަހަރު

އޭނާ އިންތިހާބުގައި ވާދަކުރާ ކޮންމެ ފަހަރަކު މީހުން މަލާމާތްކޮށް ޖޯކު ޖެހިޔަސް އޭނާ ބުނީ ކިތަންމެ އާދައިގެ މީހަކަށް ވެސް އިންތިހާބީ މަގާމުތަކަށް ވާދަކުރެވިދާނެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ.

"ކޮންމެ ކެންޑިޑޭޓަކު ވެސް އުންމީދުކުރާނީ ކާމިޔާބީއާ އަށް،" ޕަދްމަރަޖަން ބުންޏެވެ. "އެކަމަކު އަހަންނެއް ނުކުރަން."

އޭނާ ބުނީ އިންތިހާބެއްގައި ވާދަކުރެވުމަކީ ވެސް ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށެވެ.

"ނާކާމިޔާވުމުން ވަނީ އުފާ" ކަމަށް ޕަދްމަރަޖަން ބުންޏެވެ.

އަންނަ މަހުގެ 19 ގައި ފަށައި ހަ ހަފްތާގެ މުއްދަތަށް ބާއްވާ އިންތިހާބުގައި ޕަދްމަރަޖަން މިފަހަރު ވާދަކުރަނީ ޓެމިލްނާޑޫގެ ދަރްމަޕޫރީ ޑިސްޓްރިކްޓަށެވެ.

"އިލެކްޝަން ކިންގް" ގެ ނަމުން މަޝްހޫރު ވެފައިވާ ޕަދްމަރަޖަން ވަނީ ރިޔާސީ އިންތިހާބުން ފެށިގެން ގައުމީ އެކި ފެންވަރުގެ އިންތިހާބުތަކުގައި އެކި ސަރަހައްދުތަކަށް ވާދަކޮށްފަ އެވެ.

އޭނާ ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ އަދި މަންމޯހަން ސިންގްއާ ވެސް ވާދަކޮށް ބަލިވެފަ އެވެ. އަދި ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީއާ ވެސް ވާދަކޮށް ބަލިވި އެވެ.

ޕަދްމަރަޖަން ބުނީ އޭނާ އަށް ކާމިޔާބީ އަކީ ދެ ވަނަ އަށް އޮންނަ ކަންތައް ކަމަށާއި މިހާރު ބޭނުންވަނީ ނާކާމިޔާބުވި އިންތިހާބުތަކުގެ ލިސްޓު ދިގުކުރަން ކަމަށެވެ. އެންމެ ވޯޓެއް ވެސް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށް އޭނާ ބުންޏެވެ. -- އޭއެފްޕީ