28 މާޗް 2024 - 08:22

އެއް ކަމެއްގެ ތެރޭގައި ފޫހިނުވެ ބައިގަރުނު ހޭދަކުރެވޭނީ އާދަޔާޚިލާފު ޝައުގުވެރިކަމެއް ހުރެގެންނެވެ. އޭގެތެރެއިން އެކަކީ ށ. ކަނޑިތީމް އަބްދުއްސަމަދު ހުސެއިން، 71, އެވެ. ކަނބުރުގޭގައި އޭނާ އިންނަތާ 51 އަހަރުވެއްޖެ އެވެ. އޭނާގެ 10 ދަރިން ބަލައި ބޮޑުކޮށް ކިޔަވައިދީ ނިންމީ ވަރުބަލި ކަމެއް ނެތި މިތަނުން ހޯދި އާމްދަނީންނެވެ.

އުމުރުން 18 އަހަރުގައި ކަނބުރުގެއަށް ވަދެ ފުރަތަމަ މަސައްކަތް ފެށީ މުޅި ގަޔަށް އަޅި ބުރުވައި އުނދަގުލުގެ ތެރޭގަ އެވެ. ނަގިއްޔާއި ވަޅި އާއި ފޯއްވަޅި އާއި ފުރޯފަދަ ތަކެތި ހެދި އެވެ. މަސައްކަތް ފުޅާކުރަމުން ގޮސް ދެން ފެށީ ތާސް އަޅާށެވެ. މުޅި އަތޮޅަށް މަޝްހޫރު އެ ތާސްތައް ވިއްކައިގެން ރަނގަޅު އާމްދަނީއެއް ލިބެ އެވެ.

މުޅި އުމުރު ހޭދަކުރި މި ބުރަ މަސައްކަތުގައި އޭނާގެ ކަނބުރުގެއިން އަޅި ބުރި ޒަމާން ހިނގައްޖެ އެވެ. މިހާރު ކަނބުރުވެރިކަން އޭނާ ކުރަނީ ޒަމާނީ ފެންވަރަށް ކުރިއަށް ވުރެން މާ ފަސޭހަކޮށެވެ. މުޅި ރާއްޖެއަށް އޭނާގެ ކަނބުރުވެރިކަމުގެ ފައިދާވެއްޖެ އެވެ. އެތައް ބައެއްގެ ބަދިގެ އާއި އޮޑިދޯނިފަހަރުގައި ވެސް އޭނާ ހެދި ސާމާނު އެބަހުއްޓެވެ.




