27 މާޗް 2024 - 10:57

މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް، އެ އިދާރާ އަށް މިދިޔަ 27 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ އިބްރާހިމް މަފާޒް އިއްޔެ އައްޔަންކޮށްފި އެވެ.
މަފާޒް އަކީ މި ސަރުކާރުން ކަސްޓަމްސް އަށް އައްޔަންކުރި ހަތަރު ވަނަ ޑެޕިއުޓީ ކޮމިޝަނަރެވެ.
ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަފާޒް އައްޔަންކުރައްވާފައިވާ ކަމަށެވެ.
މަފާޒް ވަނީ އޮސްޓްރޭލިއާގެ ކެންބެރާ ޔުނިވާސިޓީން ކަސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވައިފަ އެވެ.
އޭނާ ކުރިން ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެއްގެ މަގާމުގަ އެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ދެން ތިއްބަވަނީ ފާތިމަތު ދިޔާނާ އާއި އަބްދުﷲ ވަހީދު އަދި މަހުމޫދު ރިޔާޒެވެ.