ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ތިން ދުވަސްވީއިރު ވެސް ނުފެނޭ
ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ތިން ދުވަސްވީއިރު ވެސް ނުފެނޭ

ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ތިން ދުވަސްވީ އިރު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ހުއިފިލަނޑާ ނެގުމަށް އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅު ރަށެއްގެ ކައިރިއަށް ޑައިވިން އަށް ދިޔަ ށ. ޅައިމަގު އެވަރެސްޓް، އަހުމަދު ޖައިލަމް ގެއްލުނީ މިދިޔަ ބުރާސްފަތިދުވަހުގަ އެވެ. އޭނާ މޫދަށް އެރުނީ އިތުރު ބަޔަކާ އެކު ނަމަވެސް އެ މީހުން މައްޗަށް އެރިއިރު ވެސް ޖައިލަމްގެ ޚަބަރެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ ޖައިލަމް ހޯދަން ކަނޑާއި ވައިގެމަގުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއް ބޭނުން ކޮށްގެން މިއަދު އެ ސަރަހައްދު ބަލާފައިވާއިރު، ކޯސްޓްގާޑްގެ ދެ އުޅަނދެއް އެ ހިސާބުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ޑައިވަރުން ވެސް އެ ސަރަހައްދު ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިސްކޮޅުގައި ފަސް ފޫޓު ހަ އިންޗި ހުންނަ ޖައިލަމް މޫދަށް ފޭބިއިރު ލައިގެން ހުރީ ކަޅުކުލައިގެ ވެޓް ސޫޓަކާއި ކަޅު ކުލައިގެ ޑައިވިން ޖެކެޓެކެވެ.