ސީޒަން މަސައްކަތް މަޑުޖައްސާލާފައި "ނޯޓީ 40" އަށް
ސީޒަން މަސައްކަތް މަޑުޖައްސާލާފައި "ނޯޓީ 40" އަށް

ށ. މިލަންދޫގައި މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމް "ނޯޓީ 40" ގައި ފެނިގެން ދާނީ ނެގަޓިވް ރޯލަކުން ކަމަށާއި ކުޅެން ލިބުނު ކެރެކްޓާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް އެކްޓަރު އަލީ ސީޒަން ބުނެފި އެވެ.

ސީޒަން މަސައްކަތް މަޑުޖައްސާލާފައި "ނޯޓީ 40" އަށް
ސީޒަން މަސައްކަތް މަޑުޖައްސާލާފައި "ނޯޓީ 40" އަށް

ލަންކާގައި ފިލްމް މޭކިން ކޯހެއް ހަދަމުން އަންނަ ސީޒަން އެ ފިލްމުގެ ޝޫޓިން އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.

ސީޒަން މަސައްކަތް މަޑުޖައްސާލާފައި "ނޯޓީ 40" އަށް
ސީޒަން މަސައްކަތް މަޑުޖައްސާލާފައި "ނޯޓީ 40" އަށް

ސީޒަން ބުނީ އޭނާ އަންނަނީ ސީދާ "ނޯޓީ 40" ގެ ޝޫޓިންއަށް ކަމަށާއި ޝޫޓިން ނިންމާފައި މަޑު ނުކޮށް އަނެއްކާ ވެސް ލަންކާ އަށް ފުރާނެ ކަމަށެވެ.

"ހަމަ އަންނަ ގޮތަށް މިލަންދު އަށް ފުރާ ގޮތަށް މި ދަނީ. ޝޫޓިން އަށް ފަނަރަ ވަރަކަށް ދުވަސް ވާނީ. ޝޫޓިން ނިންމާފައި މާލޭގައި ވެސް މަޑު ނުކޮށް ލަންކާ އަށް ފުރާނަން،" ލަންކާގައި "ކައުޝި" ގެ ނަމުގައި ފިލްމެއް ހަދަމުން އަންނަ އެކްޓަރު ބުންޏެވެ. "މާލޭގައި މަޑު ކުރާ ގޮތަށް ހަދައިފިއްޔާ، ލަންކާގެ މަސައްކަތްތަކަށް ވެސް ބުރާ އަރާނެ. އެހެންވެ ވަރަށް ޝެޑިއުލްކޮށްގެން ނޯޓީ ފޯޓީ އަށް މި ދަނީ."

ސީޒަން ބުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ "ނޯޓީ 40" އޭނާގެ ރޯލަކީ އެހާ ބޮޑު ރޯލެއް ވެސް ނޫން ކަމަށެވެ.

"އޭގައި ނެގަޓިވް ރޯލަކުން ފެންނާނީ. ދެން އެހާ ބޮޑު ރޯލެއް ވެސް ނޫން އިނީކީ. އަސްލު މި ފިލްމަށް އެއްބަސްވީ ސަބަބުތަކެއް ހުރެގެން،" އޭނާ ބުންޏެވެ.

އެގޮތުން ޔޫއްޕެ ޑައިރެކްޓް ކުރި ފިލްމެއްގައި މިހާތަނަށް މަަސައްކަތްކޮށްފައި ނުވުމާއި "ނޯޓީ 40" ގައި ވަރުގަދަ ކާސްޓެއް ހިމެނުމަކީ ފިލްމަށް ސީޒަން ޝައުގުވެރި ބައެއް ސަބަބުތަކެވެ.

"އަނެއްކާ އަހަރެމެން ބެޗްގެ ވަރަށް ގިނަ ތަރިން ފިލްމުގައި އެބަތިބި. އެހެންވެ އެ މީހުންނާ އެއްކޮށް ސްކްރީން ޝެއާކޮށްލަން ޒަމާންގަނޑަކަށް ފަހު ފުރުސަތު ލިބުނީމަ ބޭނުން ނުވީ ދޫކޮށްލަން،" ޔޫއްޕެ، ނިއުމާ މުހައްމަދު، މުހައްމަދު މަނިކު އަދި އަހުމަދު ސައީދު ވެސް މުހިއްމު ރޯލްތައް ކުޅޭ ފިލްމާ ބެހޭ ގޮތުން ސީޒަން ބުންޏެވެ. "އޭގެ އިތުރަށް ފިލްމުގައި އެކްޝަން މަންޒަރުތަކެއް ވެސް ހިމެނޭތީ، ސީޒަންގެ އިމްޕުޓް ވެސް އެއަށް ބޭނުންވާކަން ޓީމުން ފާހަގަކޮށްފައި އޮތީ. އަހުޝަމްގެ ހުންނާނެ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ތަޖުރިބާކޮށްފައި."

އޭނާ ބުނީ ޔޫއްޕެ އެންމެ ފަހުން ޑައިރެކްޓް ކުރި "ބައިވެރިޔާ" އަކީ ވެސް ވަރަށް ކަމުދިޔަ ފިލްމެއް ކަމަށެވެ.

"އެ ފިލްމް ބަލާލުމުގެ ފުރުސަތު ލިބުނު. ވަރަށް ހިތްހަމަޖެހޭ އެއަަށްކޮށްފައި ހުރި މަސައްކަތްތަކާ ދޭތެރޭ. އަނެއްކާ ނޯޓީ ފޯޓީ އަހަންނަށް ނެރޭޓްކޮށް ދިން އިރު މީގައި ވެސް އެބަހުރި ވަރަށް ޝައުގުވެރިވާ ކަހަލަ ކަންތައްތަކެއް. އެހެންވެ ފިލްމް ބެލުންތެރިންނަށް ވަރަށް ކަމުދާނެކަމާ ދޭތެރޭ ޝައްކެއް ނެތް،" ސީޒަން ބުންޏެވެ.

ސީޒަން އެންމެ ފަހުން ފެނުނު ފިލްމަކީ މިދިޔަ އަހަރު އޭނާ ޑައިރެކްޓްކޮށް، އެކްޓް ކުރި "ވަފާތެރި ކެހިވެރިޔާ" އެވެ.

އަންނަ އޮގަސްޓް މަހުގެ 2 ގައި އަޅުވާ "ނޯޓީ 40" އަކީ ނިއުމާ އާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރާ ފިލްމެކެވެ.