25 މާޗް 2024 - 23:06

ވަޒީފާއަށް އެދި ހުށަހަޅާ ލޯކަލް ސެޓްފިކެޓްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ބަލައިގަންނަ ލިޔުމެއްކަން ކަށަވަރުކޮށް، މުއައްސަސާތަކުން ތައްގަނޑުޖެހުން މިއަދު ހުއްޓާލައިފި އެވެ.
އެ އޮތޯރިޓީ އިން ރާއްޖޭގައި ހިންގާ ރާއްޖޭގެ ކޯސްތަކުގެ ސަނަދުގައި ތައްގަނޑުޖެހުން ހުއްޓާލުމާ ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން އެކިއެކި މުއައްސަސާތަކުން ލޯކަލް ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ސަނަދުތައް ވެލިޑޭޓްކޮށް ދަނީ ދަރަޖަކުރަމުންނެވެ.
ވަޒީފާއަށް އެދި މީހުން ހުށަހަޅާ ލޯކަލް ސެޓްފިކެޓްތަކުގައި "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ލިޔުމެއްކަން "ކަށަވަރު ކުރެވިފައި" އެގޮތަށް ބަޔާންކޮށް މުއައްސަސާތަކުން ތައްގަނޑުޖަހާ ސޮއިކޮށްފައި ވެސް ހުރެ އެވެ.
އެމްކިޔުއޭއިން ބުނީ މިއަދުން ފެށިގެން އެގޮތަށް އިބާރާތްކޮށް ސޮއިކުރުމަކީ މަނާކަމެއް ކަމަށެވެ.
ސަނަދުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، މަތީ ތައުލީމު ދޭ މަރުކަޒުން ދޫކުރަމުން އަންނަ ކޯސް ނިންމި ކަމުގެ ލިޔުން ވަޒީފާއަށް އެދި ހުށަހަޅާ މީހަކު ވަޒީފާއަށް އެދޭ ލިޔެކިޔުންތަކާއެކު މުއައްސަސާތަކަށް ހުށަހެޅިދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ވަޒީފާއަށް އެދި ހުށަހަޅާ އެއްވެސް ލިޔުމަކާ ގުޅިގެން އެއްވެސް ސުވާލެއް އުފެދިއްޖެނަމަ ވަޒީފާއަށް އެދި ހުށަހެޅި އޮފީހަކުން އެމްކިޔުއޭ އަށް އެ ސަނަދާ، އެއާ ގުޅުން ހުރި ލިޔެކިޔުންތައް ހުށަހެޅުމަށް އެމްކިޔުއޭއިން ވަނީ އެދިފަ އެވެ.