ހަނގުރާމަޔާ ހެދި ޔަމަންގެ 4.5 މިލިއަން ކުދިން ސްކޫލަކަށް ނުދޭ
ހަނގުރާމަޔާ ހެދި ޔަމަންގެ 4.5 މިލިއަން ކުދިން ސްކޫލަކަށް ނުދޭ

ޔަމަންގެ ގެއްލުން ބޮޑު ހަނގުރާމައަށް ގާތްގަނޑަކަށް ދިހަ އަހަރު ވެފައިވާއިރު، އެ ގައުމުގެ ގާތްގަނޑަކަށް 4.5 މިލިއަން ކުދިން ސްކޫލަށް ނުދާ ކަމަށް ޗެރިޓީ ޖަމިއްޔާ ސޭވް ދަ ޗިލްޑްރަން އިން ހޯމަ ދުވަހު ބުނެފި އެވެ.

"ކޮންމެ ފަސް ކުދިންގެ ތެރެއިން ދެ ކުދިން ނުވަތަ 4.5 މިލިއަން ކުދިން ސްކޫލަށް ނުދާއިރު، ގެދޮރު ގެއްލިފައިވާ ކުދިން ސްކޫލުން ނުދިއުމުގެ ފުރުސަތު ދެ ގުނަ ބޮޑު،" އެ ގްރޫޕުން ނެރުނު ރިޕޯޓެއްގައިވެ އެވެ.

"ޔަމަނުގައި ކުރި ސާވޭގައި ބައިވެރިވި އާއިލާތަކުގެ ތެރެއިން، އދ. އިން ސުލްހައިގެ މަސައްކަތް ކުރި ނަމަވެސް، ކޮންމެ އާއިލާއަކުން ވެސް މަދުވެގެން އެއް ކުއްޖަކު މިދިޔަ ދެ އަހަރު ތެރޭ ސްލޫކަލަށް ނުދޭ،" ބަޔާނުގައިވެ އެވެ.

"ހަނދާން ނެތިފައިވާ މި ހަމަނުޖެހުންތަކަށް ނުވަ އަހަރު ވެގެން ދިޔައިރު، ކުރިމަތިވެފައި މިވަނީ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ތައުލީމީ ކުއްލި ހާލަތަކާ،" ޔަމަނުގައި ހުންނަ ސޭވް ދަ ޗިލްޑްރަންސްގެ ވަގުތީ ޑިރެކްޓަރު މުހައްމަދު މަންނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ހޯދުންތަކުން ފެންނަނީ ޔަމަންގެ މައްސަލައަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވުން ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ އެހީދޭ ގްރޫޕުން އިންޓަވިއުކުރި އާއިލާތަކުގެ ތެރެއިން 14 ޕަސެންޓް އާއިލާތަކުން ދަރިން ކިޔެވުން ދޫކޮށްލުމުގެ ސަބަބެއްގެ ގޮތުގައި ދައްކާފައިވަނީ އިގްތިސާދީ ދަށް ހާލަތު ކަމަށެވެ.

ޔަމަނުގެ ހަމަނުޖެހުން ފެށިގެން އައީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އީރާނުގެ ތާއީދު އޮތް ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަންއާ ހިފުމާ ގުޅިގެންނެވެ. އޭގެ ފަހުން ސައޫދީން ވަނީ އެހެން ގައުމުތަކާ ގުޅިގެން، ޔަމަންގައި އޮތް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ސަރުކާރު ބާރުވެރިކުރުވަން މަސައްކަތްކޮށްފަ އެވެ.

ހަނގުރާމައިގެ ތެރޭގައި އިގްތިސާދީ ހީނަރުވެ ޔަމަނުގެ 33 މިލިއަން މީހުންގެ ތިންބައިކުޅަ ދެބައި ފަގީރުކަމުގައި ވަނީ އުޅެން ޖެހިފަ އެވެ. އަދި ގާތްގަނޑަކަށް 4.5 މިލިއަން މީހުން ގެދޮރު ދޫކޮށްފައިވާ ކަމަށް އެ ޗެރިޓީން ބުނެ އެވެ. -- އޭއެފްޕީ