20 މާޗް 2024 - 11:03

ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުން 5 ކިލޯގެ ޑްރަގްސް އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މި މަހުގެ 12 ވަނަ ދުވަހު ގަތަރުގެ ދޯހާގެ މަގުން ރާއްޖެ އައި 56 އަހަރުގެ ފިރިހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެ ލަގެޖު ބަލާ ފާސްކުރި ކަމަށެވެ.
އެގޮތަށް ބެލުމުގެ ތެރޭގައި މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ޕެކިންތަކެއް ފެނުނު ކަމަށް ބުންޏެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ކުރި ތަހުގީގުން ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.
އެ ތަކެތީގެ މަގުމަތީ އަގަކީ 5.3 މިލިއަން ރުފިޔާ އެވެ.