ދިރާގުން ދޭ ޓެސްލާ ކާރުގެ ނަސީބުވެރިޔާ ހޮވަނީ ބޮޑު އީދުގައި
ދިރާގުން ދޭ ޓެސްލާ ކާރުގެ ނަސީބުވެރިޔާ ހޮވަނީ ބޮޑު އީދުގައި

ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ގުރުއަތު ނެގުން އޮންނާނީ އަލްހާ އީދު ދުވަސް ކަމަށްވާ ޖޫން މަހުގެ 17 ވަނަ ދުވަހު ކަމަށް ދިރާގުން އިއުލާނުކޮށްފި އެވެ.

"ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވުމަށް ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އެންރޯލް ކުރަން ހުޅުވާލި އެވެ. މި ޕްރޮމޯޝަނަކީ ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30 އެމް އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ފުރުސަތު ދިނެވެ. އަދި ލަކީޑްރޯގައި ބައިވެރިކުރާނީ ގުރުއަތު ނަގާ ދުވަހުގެ ނިޔަލަށް ސަބްސްކްރައިބް ކުރި ޕްލޭންގައި މަޑުކޮށްގެންނެވެ.

ދިރާގުގެ ޕްރޮމޯޝަނުގައި ދިނުމަށް ހަމަޖެހިފައި ވަނީ ޓެސްލާ މޮޑެލް 2ގެ ކާރެކެވެ. ދިރާގު ހެޑް އޮފީހާއި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ދެ އިވެންޓެއްގައި މި ކާރު ވަނީ ދައްކާލައިފަ އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.