ޝިފާނާއާ އެކު "މިހާރު" ބަދިގެ: ހަނާކުރި ބޯށި
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ހަނާކުރި ބޯށި

ބަދިގެ ފަސޭހަކޮށްލަން މިއަދު އޮތީ ވަރަށް އަވަހަށް ހެދޭނެ، މީރު ރެސިޕީއެކެވެ.

ސިއްހަތަށް ފައިދާ ހުރި ކެއުންތަކަށް ހިތްވަރު ދޭ ޝިފާނާ ވަޖީހުއާ އެކު މި ރޯދަ މަހު "މިހާރު"ން ގެނެސްދޭ "ބަދިގެ" މިއަދު ހާއްސަކުރީ ބޯއްޓަށެވެ. މިއީ ވަރަށް އާއްމުކޮށް ލިބެން ހުންނަ އެއްޗެކެވެ.

ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ މިއަދު ކިޔައިދިނީ "ހަނާކުރި ބޯށި" ތައްޔާރުކުރާނެ ގޮތެވެ.

ބޯއްޓަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ގިނަ އަދަދަކަށް ފައިބާ އެކުލެވޭ އެއްޗެކެވެ. އެއްވެސް ވަރަކަށް ކޮލެސްޓްރޯލް ނުހުންނަ ބޯއްޓަކީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުން ކެއުމަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ބޯށީގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ސީ، އީ އަދި ފައިބާ އާއި ޕޮޓޭސިއަމް އެކުލެވެ އެވެ.

1 ބޯށި

1 ފިޔާ (ތުނިކޮށް ކޮށާފައި)

4 ލޮނުމެދު (ތުނިކޮށް ކޮށާފައި)

2 ތަނޑި ހިނކަދިފަތް

4 ހިކިމިރުސް (ބުރިބުރިކޮށްލާފައި)

4 އިންޗި ރާނބާ ފަތް ( ބުރިބުރިކޮށްލާފައި)

1/2 ކިބަ ވަޅޯމަސް (ކޮށާލާފައި)

މޭޒުމަތީ 5 ސަމްސާ އޮލިވް އޮއިލް

ލޮނު

އެންމެ ފުރަތަމަ ބޯށި ކޮޅު ތުނިކޮށް ކޮށާލުމަށް ފަހު ތައްޓަކަށް ފެނާއި ލޮނު އަޅާ ބޯށިކޮޅު އަޅާފައި ބަހައްޓާލާށެވެ. އެއަށްފަހު ބޯށިން ފެން ދާ ވަރަށް ރަނގަޅަށް ފެލާލުމަށްފަހު ތައްޓަކަށް ނަގާށެވެ.

ތެއްޔަކަށް ތެޔޮކޮޅު އެޅުމަށްފަހު ފިޔާ، ހިކަނދިފަތް އަދި މިރުސްކޮޅު އަޅައި ރަތް ކޮށްލާށެވެ. އެއަށްފަހު މަސްކޮޅު އަޅާ މީރުކޮށްލުމަށްފަހު ބޯށިކޮޅު އަޅާލާށެވެ.

ބޯށިކޮޅު އެއްކޮށް ހަނާވެ، މަޑުވުމުން ރަހަލާވަރުގެ ލޮނުކޮޅެއް އަޅާށެވެ.

ބޯށީގައި ދަނގަޑުގެ ބައި (އަޔަން) ޕޮޓޭސިއަމް، ޒިންކް އަދި ސޯޑިއަމް ހިމެނެ އެވެ. ބޯއްޓަކީ ހަޖަމުގެ ނިޒާމުގެ މައްސަލަތަކަށް ވެސް ވަރަށް ރަނގަޅު ބާވަތެކެވެ.

• ސިއްހަތެއްގައި ތިބުމަށް ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދޭންޖެހޭ

• އެންމެ މުހިއްމު ކަމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ އާދަތައް ދިރިއުޅުމުގައި ހިމެނުން.

• މީހާގެ ހާސްކަން ކުޑަކޮށްލެވޭނެ ކުދިކުދި އާދަތައް ދިރިއުޅުމުގެ ތެރޭގައި ހިމަނައި ގަވާއިދުން އެކަންކަން ކުރަން އިސްކަން ދިނުން.

• ހުސްފަޔާ ބިންމަތީގައި ހިނގުމަކީ ހޯމޯންސްތަކަށް ފައިދާ ލިބި ހާސްކަން ފިލައި ހަށިގަނޑުގެ ހިނގުމަށް ވެސް ރަނގަޅު އަސަރުތަކެއް ކުރާ ކަމެއް.

• ހިނގުމަކީ ފައިތިލައިގެ ދަށްފުށުގައި ވަރުޖައްސައި މަސްތަކަށް ވެސް އޭގެ އަސަރުކުރާނެ ކަމެއް. ހުސްފައިގައި ބީޗުގައި ހިނގާލުމަކީ ގިނަ ބަޔަކަށް ހިތްހަމަޖެހުން ގެނުވާ ކަމެއް.