19 މާޗް 2024 - 11:36

ޓްރީޓޮޕް ހޮސްޕިޓަލުގެ އީއެންޓީ ޑޮކްޓަރުންގެ ޓީމުން ޕެރަޓޮއިޑް ޓިއުމަރެއް ނެގުމަށް ޕެރޮޓިޑެކްޓޮމީ ސާޖަރީ ހަދައިފި އެވެ.
ޕެރަޓޮއިޑް ޓިއުމަރަކީ ކަންފަތާއި ކަތުރުކަށިގަނޑާއި ދެމެދު ހިމެނޭ ޕެރަޓޮއިޑް ގްލޭންޑުގައި އުފެދޭ ޓިއުމަރެކެވެ. ޕެރޮޓިޑެކްޓޮމީ ސާޖަރީއަކީ މޫނުގެ ގިނަ ނާރުތަކެއް ހިމެނޭ ސަރަހައްދުގައި ހަދަން ޖެހޭ ސާޖަރީއެއް ކަމުން މިއީ ހަދަން އުނދަގޫ، ކޮމްޕްލެކްސް ސާޖަރީއެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ޕޭޝަންޓުގެ ފޭޝަލް އެއްވެސް ނާރަކަށް ގެއްލުން ނުލިބޭ ކަމަށާއި ސާޖަރީ ކާމިޔާބުވެފައިވާ ކަމަށެވެ. މިފަދަ ސާޖަރީތަކުގެ ސަބަބުން އެ ހޮސްޕިޓަލުގެ އީއެންޓީ ޓީމަށް އިތުރު ތަޖުރިބާތައް ލިބި، ހިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިފަދަ ކޮމްޕްލެކްސް އީއެންޓީ ސާޖަރީތައް އެ ހޮސްޕިޓަލުން ކާމިޔާބުކޮށްފައިވާ ކަން ވެސް ޓްރީ ޓޮޕްއިން ފާހަގަކުރެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި އެތަނުން އޮޕަރޭޝަން ކުރި ބަލި މީހާ މީގެ ކުރިން އެހެން ހޮސްޕިޓަލްތަކުގެ އީއެންޓީ ޑޮކްޓަރުންނަށް ދެއްކުމުން ރާއްޖެއިން އެ ސާޖަރީ ނުުހެދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ ހޮސްޕިޓަލުން ބުނީ މި ފަދަ މުހިންމު ސާޖަރީއެއްގެ ހިދުމަތް އެ ހޮސްޕިޓަލުން ލިބެން ހުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. މީގެ ގިނަ ސާޖަރީތަކެއް އެތަނުގައި ހަދާފައިވާ ކަން ވެސް ޓްރީ ޓޮޕް އިން ފާހަގަކުރި އެވެ.
އެ ހޮސްޕިޓަލުގައި ޕެރޮޓިޑެކްޓޮމީ ސާޖަރީ ހެދި ޓީމުގެ ލީޑިން ސާޖަން އަކީ އެ ހޮސްޕިޓަލުގެ ލީޑިން އީއެންޓީ ޑޮކްޓަރު ރަޖޭޝް އޭ. ވަލަންދް އެވެ. އޭނާ އަކީ ބޮލާއި ކަރުގައި އުފެދޭ ކެންސަރުތަކާއި، ޕެރޮޓިޑެކްޓޮމީ، ތައިރޮޑެކްޓޮމީ އަދި ގުގުރިދެމެމުމާއި ސްލީޕް އެޕްނިއާ އަދި ޕީނާ ރީކޮންސްޓްރަކްޝަންއާ ގުޅޭ ސާޖަރީތައް ހެދުމުގެ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ.