ކާށިދޫ ބޯޓު ޔާޑެއްގައި ރޯވެ 3 ދޯނި އަނދައިފި
ކާށިދޫ ބޯޓު ޔާޑެއްގައި ރޯވެ 3 ދޯނި އަނދައިފި

ކ. ކާށިދޫގެ ބޯޓްޔާޑެއްގައި އަލިފާން ރޯވެ، ތިން ދޯނި އަނދައި ހުލިވެއްޖެ އެވެ.

އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު މިހާތަނަށް ތިން ދޯނި އަނދާފައިވާ ކަމަށެވެ.

"ބޮޑަށް ބެލެވެނީ ބަޔަކު ރޯކޮށްލީ ކަމަށް. އެކަމަކު އަދި މިއީ ކިހިނެއް ހިނގި ކަމެއްކަން ސާފެއް ނުވޭ. މި ތަނުގައި އޮތީ ކިތައް ބޯޓު ކަމެއް ވެސް ނޭނގޭ. މުޅި ސަރަހައްދުގައި އަލިފާން ރޯވެފައި، އެކި ތަންތާނގައި މުޅި ސަރަހައްދު ދުމުން ފުރިފައި،" އޭނާ ބުންޏެވެ.

އަލިފާން ނިއްވުމަށް އެ ރަށު ރައްޔިތުންނާއި އެމްއެންޑީއެފުން މަސައްކަތް ކުރަމުންދާއިރު މިކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެ އެވެ.