ކުށްވެރިވެ ފޮޓޯ އާންމުކުރުމުން މަޝްހޫރުވި މީހާ މޮޑެލްކުރަން ރަންވޭއަށް
ކުށްވެރިވެ ފޮޓޯ އާންމުކުރުމުން މަޝްހޫރުވި މީހާ މޮޑެލްކުރަން ރަންވޭއަށް

މަނާ ހަތިޔާރު ގެންގުޅުގެން އެމެރިކާގައި ހައްޔަރުކޮށް ފުލުހުން ފޮޓޯ އާންމުކުރުމުން މަޝްހޫރުވި ޖެރެމީ މީކްސް މިނިވަންވެ އެންމެ ފަހުން މޮޑެލްކުރަން ރަންވޭއަށް ނިކުމެއްޖެ އެވެ.

ކުށްވެރިވެ ފޮޓޯ އާންމުކުރުމުން މަޝްހޫރުވި މީހާ މޮޑެލްކުރަން ރަންވޭއަށް
ކުށްވެރިވެ ފޮޓޯ އާންމުކުރުމުން މަޝްހޫރުވި މީހާ މޮޑެލްކުރަން ރަންވޭއަށް

ފުލުހުން އާންމުކުރި މަގްޝޮޓް ފެނި، ޖެރެމީގެ ސިފަ ގިނަ ބަޔަކަށް ރީތިވި އެވެ. އެ ފޮޓޯ 2014 ވަނަ އަހަރު ސޯޝަލް މީޑިއާގައި އާންމުވެ ލިބުނު މަޝްހޫރުކަމުގައި، ޖެރެމީ ޖަލުގައި ހުއްޓާ ލަންޑަނުގެ މޮޑެލް އެޖެންސީއެއް ކަމަށްވާ އެސްޔޫޕީއޭ އިން ވަނީ ޖެރެމީ ލައްވާ މޮޑެލް ކުރުވަން އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.

މަނާ ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވެ 27 މަސް ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް އައި ޖެރެމީ މޮޑެލްއެއްގެ ގޮތުގައި ރަންވޭއަށް ނިކުތީ މިދިޔަ ހަފުތާގައި ނިއު ޔޯކް ފެޝަން ވީކްގައި ޑިޒައިނަރު ފިލިޕް ޕްލެއިންގެ ފަރުމާތައް ދައްކާލުމަށެވެ. އެއީ އެމެރިކާގައި ޕްލެއިން ބޭއްވި ފުރަތަމަ ޝޯ އެވެ.

"އަހަންނަށް ހެޔޮ އެދި އަހަރެން ދެކެ ވީ ލޯތްބަށްޓަކައި އާއިލާ އާއި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މޮޑެލްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޖެރެމީ ބުންޏެވެ.

"ކުރިއަށް ހުރި މަސައްކަތްތަކަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން އަދި ޝުކުރުވެރިވަން."

މި ޝޯގައި މިދިޔަ އަހަރު މޮޑެލްކުރި ޕެރިސް ހިލްޓަން އާއި މެޑޯނާ އާއި ކައިލީ ޖެނާ އަދި ޓިފަނީ ޓްރަމްޕް މިފަހަރު ތިބީ ޖެރެމީގެ ފަރިކަން ބަލަން ޝޯގެ ކުރީ ބަރީގަ އެވެ.