އެމްޕީއެލްއިން ފިޔަވައްޗަށް މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފި
އެމްޕީއެލްއިން ފިޔަވައްޗަށް މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފި

ދައުލަތުން ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވައްޗަށް އެމްޕީއެލްގެ ފަރާތުން 35 މަސްދަޅު ކޭސް ހަދިޔާކޮށްފި އެވެ.

މަސްދަޅު ކޭސް ހަދިޔާކުރަން އެ ކުންފުނީގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާ އާއި ޖެނެރަލް މެނޭޖަރު އަހުމަދު ސަލީމް އަދި ޖެނެރަލް މެނޭޖަރު އަލީ ޖައުފަރު މިއަދު ހެނދުނު ވަނީ ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ވަޑައިގެންފަ އެވެ. އަދި އެ މަރުކަޒުގެ އިސް ފަރާތްތަކާ އެ ބޭފުޅުން ބައްދަލުކުރެއްވި އެވެ.

އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުން މީގެ ކުރިން ވެސް ފިޔަވައްޗަށް ތަފާތު އެހީތައް ފޯރުކޮށްދިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މަރުކަޒަށް ބޭނުންވާ އެކި ކަންތައްތަކަށް ވެސް އެމްޕީއެލް އިން އެހީތެރިކަން ފޯރުކޮށްދޭން ކަމަށް ބުންޏެވެ.

އެކި މައްސަލަތަކާ ހެދި ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހިފައިވާ ވަރަށް ގިނަ ކުދިންތަކެއް ފިޔަވަތީގައި ތިބެ އެވެ. އޭގެ ތެރޭގައި ވަރަށް ހަގު ކުދިން ވެސް ހިމެނެ އެވެ.