24 ފެބުރުއަރީ 2017 - 08:51

ފިލްމީ ދާއިރާގައި މިހާރު ތިބި ބަތަލާއިންގެ ތެރެއިން ރިޝްމީ ރަމީޒަކީ އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. އޭނާ ވަނީ ބެލުންތެރިންނާ ހަމައަށް ވަރަށް ރީތި ފިލްމުތަކެއް ގެނެސް ދީފަ އެވެ. "14 ވިލޭރެ" އާއި "ލަވް ސްޓޯރީ" އަދި "ހިޔް ޔާރާ ދީފާ" ފަދަ ފިލްމުތަކަކީ ރިޝްމީގެ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތެކެވެ.

މީގެ އިތުރުން "އިންސާނާ" އާއި "މިކޮއެ ބައްޕަ ބައޭބައޭ" އަދި "ފަނާ" އަކީ ވެސް ރިޝްމީގެ ވަރަށް ތަފާތު އަދި މޮޅު އެކްޓިންތަކެއް ފެނިގެން ދިޔަ ފިލްމްތަކެވެ.

ޔާރާ އާއިލާ އިން ފިލްމީ ދާއިރާ އަށް ނިކުތް ރިޝްމީއަކީ ހަމައެކަނި ބަތަލާއެއް ނޫނެވެ. އޭނާއަކީ "އޯލް އިން ވަން" އެކޭ ބުނެވި ދާނެ އެވެ. މިއީ އާންމުކޮށް މި ދާއިރާއިން ފެންނަ ބަތަލާއިންނާ ތަފާތު ބަތަލާއެކެވެ. ރިޝްމީއަކީ ޑައިރެކްޓަރަކެވެ. ޕްރޮޑިއުސަރެކެވެ.

އޭނާ ވަނީ މިހާތަނަށް ދެ ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ. އެއީ މުހިއްމު ރޯލެއް ވެސް ކުޅުނު "ހުކުރު ވިލޭރެ" އާއި "ފަނާ" އެވެ. މީގެ އިތުރުން "މި ހިތަށް ލޯބި ދޭށޭ" ފަދަ ޑްރާމާތަކާއި ޔާރާގެ ވީސީޑީތަކުގެ ގިނަ ލަވަތައް ރިޝްމީ ވަނީ ޑައިރެކްޓްކޮށްފަ އެވެ.

ދެހާސް ސާދައިގައި "އިންސާނާ" ރިލީޒްވެފައި 2015 ގައި ރަވީ ޑައިރެކްޓް ކުރި "މިކޮއެ ބައްޕަ ބައޭބައޭ" ފެނިފައި ވާނެ. ވިޝްކާއަކީ އަސްލު މިދިޔަ އަހަރު ރިލީޒް ކުރުމުގެ ބޭނުމުގައި ތައްޔާރު ކުރި ފިލްމެއް. އެކަމަކު ފިލްމް ނުނިމި ލަސްވުމުގެ ސަބަބުން މި އަހަރު ފިލްމް މި އަންނަނީ. އެހެންވެ އަސްލު މިދިޔަ އަހަރު ސްކްރީނުން ނުފެނުނީ.
އޮފާތައް ލިބޭ. މިދިޔަ އަހަރު ވެސް ތިން ފިލްމަކުން އޮފާ އައި. އެކަމަކު ބައެއް ސްކްރިޕްޓްތައް ހުރި ގޮތުންނާއި މިދިޔަ އަހަރު ވިޝްކާގެ މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުނީމަ އޮފާތައް ހުންނާނެ ދޫކޮށްލާފައި ވެސް. އޮފާތައް އެކްސެޕްޓް ކުރުމުގައި އަސްލު ސްކްރިޕްޓް ވަރަށް ބޮޑު ރޯލެއް ކުޅޭ. ސްކްރިޕްޓް ރިޝްމީ އަށް ކޮންވިންސިން ނޫން ފިލްމެއް ރިޝްމީއަކަށް ހިއެއް ނުވޭ، ރިޝްމީ ކުޅޭނެހެނެއް.
ދެން ކާކުތޯ ޑައިރެކްޓަރަކީ، ކިހާ ދުވަހެއް، ކިހާ ވަގުތެއް ދޭން ޖެހޭތޯ މިކަހަލަ ކަންކަމަށް ބަލަނީ. ފިލްމަށް ދޭން ޖެހޭ ވަގުތަށް ވޯތުވާ ވަރުގެ ބައެއްތޯ ކުޅެން ޖެހެނީ. އެކަހަލަ ކަންތައްތަކަށް ބޮޑަށް ބެލެނީ. ކުއަންޓިޓީ އިތުރު ކުރަން އޮފާސް އެކްސެޕްޓް ކުރާހާ ވަގުތެއް އަސްލު ރިޝްމީއަކަށް ނޯވޭ މިހާރަކު. ސަބަބަކީ ދަރިފުޅު ކައިރީ ހުންނާނެ ވަގުތު މިހާރު ގިނައިން ބޭނުންވާތީ.
ވިޝްކާއަކީ އަސްލު ޗެލެންޖިން ރޯލެއް ކުޅެން ބޭނުންވެގެން ފަށަން ހިޔާލު ކުރި ފިލްމެއް. ރިޝްމީ އަށް ގިނައިން ކުޅެން ކުރިން ލިބިފައި ހުރި ރޯލްތަކަށް ބަލާ އިރު، ޗެލެންޖިން އަދި ކުޅޭ ހިތްވާ ކަހަލަ ރޯލްތައް ނިސްބަތުން ލިބިފައި ހުރިލެއް މަދު.
ޔާރާގެ ދެ ފިލްމެއް ކަމަށްވާ ހުކުރު ވިލޭރެ އާއި ފަނާގައި ވަރަށް ޗެލެންޖިން ދެ ރޯލް ކުޅެފައި ވާނީ. ދެން އިންސާނާ އާއި މިކޮއެ ބައްޕަ ބައޭބައޭ އަދި ސާދަ ވިލޭރޭ މީ ވަރަށް އިންޓްރަސްޓިން ރޯލްތައް. ބޮޑަށް އަސްލު ޑިފެރަންސެއް ދައްކުވައިދޭ ކަހަލަ ރޯލެއް ކުޅެން ބޭނުންވެގެން ވިޝްކާގެ ޕްރޮޖެކްޓް ސްޓާޓް ކުރީ. އެހެންވީމަ މި ފިލްމް ބަލަން ދާން ޖަހޭ ސަބަބުތައް އަސްލު ގިނަ.
ރަވީ އާއި ރިޝްމީ އެކީގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމަކަށް ވިޝްކާވުމަކީ ވެސް ސަބަބެއް. ދެން މަދޮޝިޕް ކަހަލަ ހުނަރުވެރި މި ދާއިރާއިން ކިޔަވައިގެން ތިބި ކުދިންކޮޅެއްގެ ތަފާތު މަސައްކަތެއް މި ފިލްމުން ފެނުން އެއީ އަނެއް ސަބަބު. ރަވީ އަދި ސައީދު މީގެ ކުރިން ފެނިފައި ނުވާ ކަހަލަ ރޯލްތަކުން މި ފިލްމުން ފެންނާނެ. އެއީ އަނެއް ސަބަބު. މިހެން ގޮސް ބައިވަރު ސަބަބުތައް އެބަހުރި.
ޔާރާ ޕްރޮޑަކްޝަންގެ ދަށުން މީގެ ކުރިން ރިޝްމީ އާއި އަޒޭ [ކުރީގެ ފިރިމީހާ އަހުމަދު އަޒްމީލް] އާ ދެ މީހުން ޕްރޮޑިއުސް ކުރި ފިލްމެއް ހިތް ޔާރާ ދީފާއަކީ. ވިޝްކާއަކީ ރިޝްމީ އެކަނި ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމް. އަސްލު ކުރިން ވެސް ފާހަގަކޮށްލިހެން މި ޕްރޮޖެކްޓަކީ އެކްޓިންގެ ހުނަރު ދައްކައިލެވޭނެ ކޮލިޓީ ފިލްމެއް ހެދުމު ނިޔަތުގައި ފެށި ފިލްމެއް. އެއީ އަސްލު މި ފިލްމް ޕްރޮޑިއުސް ކުރަން ނިންމި ސަބަބަކީ.
ރިޝްމީ މި ދާއިރާގައި ފުރަތަމަ މަސައްކަތް ކުރަން ފެށި އިރު ވެސް ޔާރާ ޕްރޮޑަކްޝަންގެ އެކިއެކި ޕްރޮޑަކްޝަންތައް މެނޭޖް ކުރުމުގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެފައި ހުންނާނެ.
ޔާރާ ޕްރޮޑަކްޝަންސް އިން ބޭރުގެ މަސައްކަތްތައް އެކްސެޕްޓްކޮށް ކުޅެން ފެށި އިރު ވެސް ބައްޕަ މި ފީލްޑްގައި ރިޝްމީ އަށް ކުރެވެން އޮތް ހުރިހާ ކަމެއްގެ ޓްރޭނިން ރަނގަޅަށް ދީފައި އަސްލު ދޫކޮށްލީ. ކަންތައްތައް ހިނގާ ނުހިނގާ ގޮތް ރަނގަޅަށް ދަސްވަންދެން ވާކް ކުރީ ހުސް ފެމިލީގެ މަސައްކަތްތަކުގައި.
ދެން ފުރަތަމަ ޕްރޮޑަކްޝަން މެނޭޖް ކުރުމުގެ ޕްރެކްޓިސް ފެށީ ލަވަތަކުގެ ޑައިރެކްޝަން ނަގަން ފެށި ހިސާބުން. އެއަށް ފަހު ކުރު ފިލްމް، ޑްރާމާ ސީރީޒް ފަދަ ރިޝްމީމެން އޭރު ނެރުނު ހުރިހާ އެއްޗެއްގައި ޕްރޮޑަކްޝަން ހެންޑްލް ކުރީ ރިޝްމީ.
އެހެންވީމަ މި ޕްރޮޖެކްޓްގައި ނުވެސް ވިސްނަން އެހެން މީހަކާ ހަވާލު ކުރާކަށް ވެސް. އަސްލު ސަބަބަކީ ޓައިޓް ޝެޑިއުލްއެއްގައި ޝޫޓް ކުރާ އިރު އަމިއްލަ އަށް ކުރީމަ ގިނަ ފަހަރަށް މާ ފަސޭހަވޭ. އެކަމަކު ރަނގަޅަށް އެ މަސައްކަތް ކުރެވޭ މީހަކު ހުރެއްޖެއްޔާމު އެ މީހަކަށް އެ މަސައްކަތް ހަވާލު ކުރީމަ ވަރަށް ބޮޑު ތަން ފަސޭހަ ވާނެ. އެހެން ނަމަވެސް ގިނަ ފަހަރު އެހެން މީހެއްގެ އަތް މައްޗަށް ދޫކޮށްލައިގެން އެކަމާ ޑަބަލްކޮށް ވިސްނުން ޖެހިފަ އޮންނަނީ.
އެހެންވީމަ ބޮޑަށް އަސްލު ރިޝްމީ އަށް މިހާރު ޕްރޮޖެކްޓެއްގަ އެރާއެއް އެއްވެސް ދިމާލަކުން އެރުމުގެ ރިސްކެއް ބޭނުން ނުވީމަ ކުރިއެކޭ ވެސް އެއްގޮތަށް މީގެ ވެސް ޕްރޮޑަކްޝަން ހެންޑްލް ކުރީ. އެކަމަކު ފަސޭހަ ކަމެއް ނޫން މީކީ. ވަރަށް ސިކުނޑި އަށް ބާރު ބޮޑުވޭ ޝޫޓިންގަ އުޅޭ އިރު.
މި ފިލްމް ޝްވެކްގައި އަޅުވަން ނިންމި އެންމެ މުހިއްމު އެއް ސަބަބަކީ ރާއްޖޭގައި ފިލްމް ޑިސްޓްރިބިއުޓް ކުރާ ބަޔަކަށް ތިބީ ހަމައެކަނި އެ މީހުންވީމަ. ޝްވެކްގައި އެޅުވީމަ ޕްރޮޑިއުސަރަށް ފިލްމް ނިންމުމަށް ފަހު، ފިލްމުން އެއްކޮށް އަތް ދޫކޮށްލެވޭނެ.
ޝްވެކްގައި އެޅުވީމަ ކޮންމެ ރެޔަކު ސިނެމާ އަށް ގޮސް ފިލްމް އަޅުވައި، އެރެއިން އެ ރެއަށް ހިސާބު ބަލައި މި ހުރިހާ ޓެންޝަނެއް އަސްލު ނޯންނާނެ. ޝްވެކުން އެ ހުރިހާ ޒިންމާއެއް ނަގާނެ.
ބެލުންތެރިންނަށް އޮލިމްޕަސް ކަމުދާ ރީޒަންތަކެއް އެބަހުރި. އެ މީހުން އޮލިމްޕަހުގައި ފިލްމްތައް ބަލަން ބޭނުންވާ ސަބަބުތައް ވެސް އެނގޭ. އެކަމަކު އިހުސާސެއް ނުކުރެވޭނެ އަސްލު ޕްރޮޑިއުސަރުން އުފުލަން ޖެހޭ ބުރައެއް. މިހާރު އޮލިމްޕަހުގެ ހާލަތު ހުރި ގޮތުން އެހާ ގިނަ ޝޯ ހެންޑްލް ކުރަން ރިޝްމީއަށް އަސްލު ޕްރޮޑިއުސަރެއްގެ ގޮތުން އެ ޓެންޝަން ނެގެން ނެތީ.
އެކަމަކު ޝްވެކް ސިނަމާއަކީ ސިޑިން އަރައި ފައިބަން ޖެހޭ ސިނަމާއަކަށްވެފައި ބައެއް ބެލުންތެރިންނަށް ދިއުން ފަސޭހަ ކަމަކަށް ނުވެދާނެތީ ގަސްތު ކުރަން އޮލިމްޕަހުގެ ދެ ޝޯ ނަމަވެސް ދައްކަން. އެއީ ޝްވެކަށް އެކި ގޮތްގޮތުން ދާން އުޒުރުވެރިވާ ފަރާތްތަކަށް ހާއްސަކޮށް. އަދި އެ ޝޯތަކުގެ ޓިކެޓް ވެސް ޝްވެކުން ހަމަ ލިބޭނެ.
ފިލްމަށް ކުރި ހަރަދު ކަވަރު ކުރުމާ ބެހޭ ގޮތުން ބުނެވޭނީ އޮލިމްޕަސް ވިޔަސް، ޝްވެކް ވިޔަސް ވިޝްކާ ބެލުމަށް ޝައުގުވެރިވާ ހުރިހާ އެންމެން މި ފިލްމް ބަލާނެއޭ. އެހެންވީމަ އަޅުވާ ތިއޭޓަރެއްގެ ސަބަބުން ވިޔަފާރި އަށް ހީނަރު ކަމެއް އައިސް ދާނެ ކަމަށް ގަބޫލު ކުރާ ހިތެއް ނުވޭ. ސަބަބަކީ ޝްވެކަކީ މެދުނުކެނޑި ކޮންމެ ދުވަހަކު ވެސް ފިލްމް އަޅުވާ ތިއޭޓަރަކަށްވުން.
އަސްލު އެބަތިބި އެކުގައި މަސައްކަތްކޮށްލަން ބޭނުންވާ ބައެއް މީހުން. މިސާލަކަށް މޫމިން ފުއާދުގެ ޑައިރެކްޝަނެއް ކުޅެލަން ބޭނުން. ކުރިން އޮފާއެއް ވެސް ލިބުނު. އެކަމަކު އެ ޕްރޮޖެކްޓް އޭރު ޖެއްސޭ ގޮތް ނުވެގެން ހުއްޓިފައި އޮތީ. އަދިވެސް މޫމިންއާއެކީ މަސައްކަތްކޮށްލަން ލުކްފޯވާޑް ކުރަން.
ދެން އޮންސްކްރީންގައި އެކްޓް ކުރަން ލުކްފޯވާޑް ކުރާ ބައެއް ތަރިން ވެސް އެބަ އުޅޭ. މިސާލަކަށް އިއްސެއާ އެކީ އަދި ފިލްމެއްގެ ވޯކެއް ނުކުރަން. އެހެންވީމަ އެއީ ލުކްފޯވަޑް ކުރާ އެކްޓަރެއް. ދެން މުއާ، ލޫއްޕެ، ޖިމީ އަދި ފައިސަލްއާ އެކީ ވެސް ފީޗާއެއްގައި ވޯކް ނުކުރާތީ އެ އެކްޓަރުންނާ އެކީ ވެސް ވޯކްކޮށްލަން ލިބޭތޯ ލުކްފޯވާޑް ކުރަން.
އަސްލު މި ދާއިރާގައި ވަރަށް ޓެލެންޓެޑް ބައިވަރު އެކްޓަރުން އެބަ ތިބި. އެއިން ކޮންމެ މީހަކާއެކީ ވެސް އަސްލު މަސައްކަތްކޮށްލަން ބޭނުން.
ޑައިރެކްޝަނަށް އަސްލު އިންޓްރަސްޓް އެބަހުރި. މަސައްކަތް ގިނައިން ކުރި ވަރަކަށް އިމްޕްރޫވް ވެސް ކުރެވޭނެ. ވިޝްކާ ވެސް އަސްލު ފެއްޓީ އަމިއްލަ އަށް ޑައިރެކްޓް ކުރަން.
އެކަމަކު ވިޝްކާ ކެރެކްޓާއަކީ ޑައިރެކްޝަން ހަދަމުން ކުޅެވޭ ވަރަށް ވުރެ ބޮޑަށް އެފަޓްލާން ބޭނުންވި ރޯލެއް. ޕްލަސް ރަވީ އޮންބޯޑްވީ ހިސާބުން އަސްލު އޭނަ ލައްވައި ޑައިރެކްޝަން ހަދަން ބޭނުންވީ.
މި މަސައްކަތުގެ ތެރޭގައި ރަވީގެ ފަރާތުން ވެސް ވަރަށް ބައިވަރު ކަންތައްތައް ދަސްވި. ކުރިއަށް އޮތް ތަނުގައި ޑައިރެކްޓް ކުރާ ތަން އަދިވެސް ފެންނާނެ.
ފިލްމީ ދާއިރާއިން އަސްލު ދާން ބޭނުންވާ ހިސާބަކަށް ވުރެ ބޮޑަށް ފިލްމީ ދާއިރާއިން ގެއްލެން ބޭނުން ނުވަނީ. މި ދާއިރާގެ މަސައްކަތްތަކަކީ ރިޝްމީގެ ޕެޝަން. ހިއެއް ނުވޭ ދުވަހަކު ވެސް ދޫކޮށްލެވޭނެ ހެނެއް. ދެން ބޭނުމަކީ ބެލުންތެރިން ބަލައި ގަންނަ މަސައްކަތްތަކެއް ޑެލިވަކޮށް ދިނުން. އެވޯޑްތަކަކީ އަސްލު ބޯނަހެއް.
އަމިއްލަ ހިތްހަޖެހުމާއި ބެލުންތެރިންގެ ސަޕޯޓް އެއީ އެންމެ ދަމަހައްޓަން ބޭނުން އެއްޗަކީ. ރިޝްމީ އަށް ސަޕޯޓް ކުރާ ފަރާތްތަކަށް ރިޝްމީ ދޭން ބޭނުން ގެރެންޓީއަކީ އެއީ. ރަނގަޅު މަސައްކަތްތަކެއް ޑެލިވަކޮށް ދެވޭތޯ އަބަދު ވެސް ޓްރައި ކުރާނަން.
ރިޝްމީ ސްކްރީނުން ފެނުން މަދުވުމުގެ އަސްލަކީ މިހާރު ދިރިއުޅުން ހުރި ގޮތުން އެހާ ގިނަ ވަގުތުތައް ރަށުން ބޭރުގައި ދަރިފުޅާ ދުރުގައި ދުވަސްތަކެއް ހޭދަ ކުރެވެން ނެތުން. ރިޝްމީ އަށް ކުރިން ގިނަ އޮފާތަކެއްގެ އުޅެވުމުގެ އަސްލަކީ ރިޝްމީގެ ފެމިލީ.
ރިޝްމީ އަދި އައްޒަ އަށް ވެސް މި ދާއިރާ އަށް ވަގުތު މި ދެވެނީ މަންމަ ދަރިންގެ ކަންތައްތައް ބަލަހައްޓައި ދޭތީ. މީގެ ކުރިން އައްޒަގެ އިންޓްރަސްޓެއް އަސްލު ނެތް މި ދާއިރާއިން ކުރިއަށްދާކަށް މާ ބޮޑަކަށް. އެކަމަކު މިހާރު އޭނަ ކެރިއާ އާ ދޭތެރޭ މި ފެންނަނީ ވަރަށް ސީރިއަސްކޮށް.
އެހެންވީމަ އަސްލު ބޭނުންވޭ އޭނާ އަށް ވެސް ލިބޭ ފުރުސަތުތަކުގެ ކުރިއަށް ދާން ހެލްޕްވެ ދޭން. ފިލްމީ މަސައްކަތްތަކަކީ ވަރަށް ވަގުތު ނަގާ މަސައްކަތެއް. އެހެންވީމަ އަސްލު އައްޒަ ބިޒީވާ އިރު، ބިޒީ އެ ވަނީ ރިޝްމީ އާއި މަންމައާ ދެ މީހުން.
ފެމިލީ ތެރޭގައި މަސައްކަތް ރާވަނީ ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރެވޭނެ ޕޮސިބިލިޓީ އަށް ބަލައިގެން. ރިޝްމީ ފިލްމެއްގެ މަސައްކަތް ކުރާ ކަމަށް ވަނީ ނަމަ ރިޝްމީގެ ފަހަތުގައި ދަރިފުޅުގެ ކަންތައްތައް ބަލަހައްޓައި ދޭން އައްޒަ އާއި މަންނަ ހުންނާނެ.
ހަމަ އެގޮތަށް މަންމަ އަށް މަސައްކަތެއް ލިބިއްޖެ ނަމަ ރިޝްމި އާއި އައްޒަ މަންމަ އަށް ޕޮސިބިލިޓީ ހޯދައި ދޭނެ. އެންމެން މި ދާއިރާގައި އުޅޭތީ އަބަދު ވެސް އެކްޓިވް ވާން މި ލިބެނީ ދެ މީހަކަށް.
ދައްތައެއްގެ ހައިސިއްޔަތުން ދޭން ޖެހޭ ނަސޭހަތެއް އައްޒަ އަށް އަބަދު ވެސް ދެން. ވަރަށް ވަރަށް އުފާވޭ އޭނަ އަސްލު މިހާ ސީރިއަސްކޮށް މި މަސައްކަތް މިހާރު ނަގާތީ. ކުރިން ވެއްޖިއްޔާމު ވަރަށް ދެން ބޮޑާހާކާނެ.
އެކަމަކު މިހާރު ވަރަށް ފަހުރުވެރިވޭ އެހާ މަސައްކަތާވެގެން މަސައްކަތް ކުރާ ތަން ފެނުނީމަ.
ވާދަވެރި ކަމެއް އަސްލު ރިޝްމީ އާއި އައްޒަ އާ ދޭތެރޭ އޮވެދާނެ ކަމަށް ރިޝްމީ ގަބޫލެއް ނުކުރަން. ހުރިހާ ގޮތަކަށް ބެލިޔަސް ރިޝްމީ އާއި އައްޒަ ވަރަށް ތަފާތު ވާނެ.
ގިނަ ފަހަރަށް ކުޅެން އިންޓްރަސްޓް ހުންނަ ރޯލްގެ ޗޮއިސް ވެސް ތަފާތު ވާނެ. އަނެއްކާ ރިޝްމީ އަށް އައްޒަ ހަމަ ފެންނަނީ ރިޝްމީގެ ދަރިއެއް ގޮތަށް މި ފީލްޑްގައި. އެންމެ ފުރަތަމަ ލަވައިން ފެށިގެން ގޮސް އައްޒަގެ ގިނަ މަސައްކަތްތަކަކީ ހަމަ ރިޝްމީގެ ފަހަތުގަ ހުރެގެން ކޮށްފައި ހުރި މަސައްކަތް މީގެ ކުރިން.
އަސްލު ކުރިން ބުނިހެން ވަރަށް އުފާވޭ އޭނަގެ ކެރިއާ އަށް ބޫސްޓެއް އައިސް އެހާ ފަރުވާ ބަހައްޓައިގެން މަސައްކަތް ކުރާ ތަން ފެނުނީމަ.
އައްޒައަކީ އޭނަގެ މިޒާޖުގައި ގަޑި އަށް ތަންތަނަށް ދިއުން ވަރަށް އުނދަގޫ ކަމަކަށްވެފައި އޮންނަ ކުއްޖެއް. އެކަމަކު މިހާރު އެބަ ފެނޭ ހަމަ ވަރަށް ގަޑި އަށް ފަރުވާ ބަހައްޓާ ތަން ވެސް. މިކަހަލަ ކަންތައްތައް، މިކަހަލަ އިމްޕްރޫވްމަންޓްސް ވާކް ޑިސިޕްލިން އަންނަ ތަން ފެނުނީމަ އުފާވޭ ހަމަ.
އެއްވެސް ވަރަކަށް ހަސަދަވެރިއެއް ނުވޭ. ގަބޫލެއް ނުކުރާނަން އައްޒަގެ ފަރާތުން ވެސް އެކަހަލަ ކަމެއް އުޅެދާނެ ކަމަކަށް. މީހުންނަށް ހަމަ އެހެން ހީވަނީ އެއީ ވެދާނެ ކަމެކޭ. އެކަމަކު އަސްލު އެކަމެއް އަސްލު ނެތް. އައްޒައަކީ އަބަދު ވެސް ފެމިލީގެ ބެކަޕް ލިބޭ ކުއްޖެއް. މަންމަ، ބައްޕަ އަދި ރިޝްމީގެ ފަރާތުން ވެސް.
ރިޝްމީގެ ކައިރިން ލަފާ އަހާ ކަންކަމުގައި ލަފާ އަބަދު ވެސް ދެން. ގިނަ ފަހަރަށް ބުނާނީ އަސްލު މަސައްކަތްތަކަށް ކޮމެންޓްކޮށްފައި ރަނގަޅު ކުރަންވީ ކަންތައްތައް. މި ބުނީ ފިލްމްތައް ބަލާފައި އޮނަސްޓް ކޮމެންޓްސް ދޭން ގިނައިން ރިޝްމީ އާ ހަވާލު ކުރާނީ.