18 ފެބުރުއަރީ 2017 - 07:00

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އޭނާގެ އަންހެނުން އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ވަކީލް އަމާލް ކްލޫނީ އަށް އެއްމާބަނޑު ދެ ކުދިން ލިބެން އުޅޭކަމުގެ ޚަބަރު ދުވަސްކޮޅެއް ކުރިން ވަނީ ފެތުރިފަ އެވެ.

މިކަމާ އުފަލުން ހުރި ޖޯޖްގެ މަންމަ ނިކް ކްލޫނީ މިހާރު ވަނީ މާމަ ދަރިންނާ ބެހޭ ގޮތުން އާ ވާހަކައެއް ފޭނުންނާ ހިއްސާކޮށްފަ އެވެ. އޭނާ ބުނީ އަމާލް އާއި ޖޯޖަށް ލިބެނީ އެއްމާބަނޑު، ދެ ޖިންސްގެ ދެ ކުދިން ކަމަށެވެ. އަދި ކުދިންނަށް ކިޔާނެ ނަން ވެސް އެ ދެ މީހުން ނިންމާފައިވާ ކަމަށާއި ކްލޫނީ ވިހާނީ ޖޫން މަހު ކަމަށް ވެސް ބުންޏެވެ.
އެހެން ނަމަވެސް ކުދިންގެ ނަންތަކާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށާއި އެ ވާހަކަ ދައްކާނީ ޖޯޖާއި އަމާލް ކަމަށް ނިކް ބުންޏެވެ.
"އަހަރެން މިހިރީ ވަރަށް އުފަލުން. އަދި މިއީ މުޅި އާއިލާ އަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. އަހަންނަށް ޔަގީން ޖޯޖަކީ ވަރަށް ރަނގަޅު ލޯބިލޯބި ބައްޕައަކަށް ވާނެކަން،" އަންހެން ދަރިފުޅުގެ ފަރާތުން މިހާރު ވެސް ދެ މާމަ ކުދިން ތިބި ނިކް، ދަ ޓޯކް އަށް ބުންޏެވެ.
ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެ، މިހާރު ޑައިރެކްޓް ވެސް ކުރަމުން އަންނަ ޖޯޖް، 55، އާއި އަމާލް، 39، ކައިވެނި ކުރީ 2014 ގަ އެވެ.