ކޯސްޓް ގާޑު ބިލްޑިންގުން މަގުމައްޗަށް މީދާ ނިކުންނަނީ!
ކޯސްޓް ގާޑު ބިލްޑިންގުން މަގުމައްޗަށް މީދާ ނިކުންނަނީ!

ކޯސްޓު ގާޑު ބިލްޑިންގް މީދާ "ހާއްޔަކަށް"ވެ އެތަނުގެ ބޭރުން މަގުމައްޗަށް މީދާ ނުކުންނަން ފަށައިފި އެވެ.

ކޯސްޓް ގާޑު ބިލްޑިންގުން މަގުމައްޗަށް މީދާ ނިކުންނަނީ!
ކޯސްޓް ގާޑު ބިލްޑިންގުން މަގުމައްޗަށް މީދާ ނިކުންނަނީ!

އެ އިމާރާތުން ބޭރަށް، ބޮޑެތި މީދާތައް ނިކުންނަ މަންޒަރު ފެނި ހައިރާންވެގެން، މީހަކު ވަނީ ފޮޓޯ ނަގައި، ވީޑިއޯ ވެސް ކޮށްފަ އެވެ.

އެ ފޮޓޯތަކާއި ވީޑިއޯ އިން ފެންނަ ގޮތުގައި، އެމްއެންޑީއެފްގެ ކޯސްޓު ގާޑު ބިލްޑިންގުގެ ތެރެއިން އެއްފަހަރާ ދެތިން ހަތަރު މީދާ ވެސް މަގުމައްޗަށް ނިކުމެ، ކާންވެގެން ކޮޅުކޮޅަށް ދުވެ އެވެ. ފުލުފުލުގައި މަގުމައްޗަށް މީދާ ނިކުތްއިރު، ކޯސްޓު ގާޑު ބިލްޑިންގުގެ އެތެރޭގައި އެ އެއްޗެހީގެ ބާރު އޮންނާނެ މިންވަރު، އެ ވީޑިއޯ އިން އެކަނި ވެސް ވަޒަން ކުރެވެ އެވެ.

އެމްއެންޑީއެފުން ވާހަކަ ދެއްކެވި ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މީދާ އުޅެނީ އެ އިމާރާތުގެ ތެރޭގައި، ގުދަނެއްގެ ގޮތަށް ބޭނުންކުރާ ތަނެއްގައި ކަމަށެވެ. އެތަނަށް މީދާ ވަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، މަގުމަތިންނެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ސިފައިންގެ މަރުކަޒެއްގެ ތެރޭގައި މީދާ ގިނަވިއިރު، މީދާ މެރުމުގެ ވަރަށް ބޮޑު ޒިންމާއެއް ދިވެހި ސިފައިން ކުރިން ނަގަމުން އަ އެވެ. އެގޮތުން 1980 ގެ އަހަރުތަކުގެ ތެރޭގައި، މާލޭގައި މީދަލުގެ އުނދަގޫ ބޮޑުވުމުން، އެކަމުން ސަލާމަތްވުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރީ ސިފައިންނެވެ.

ކުރިން ރާއްޖޭގައި މަޝްހޫރު ލަވައެއް ކަމަށްވާ "މީދާތައް ވަކަރު މަތިން ދޭ، މީހުން ތިބެ ބިރުން ބިރުންނޭ،" ލަވަ އެންމެ ފުރަތަމަ ތައްޔާރުކުރީ ވެސް މީދާ މެރުމުގެ ކެމްޕޭނަކަށެވެ.