15 މާޗް 2024 - 00:02

މާލޭގެ ހަތަރު މިސްކިތެއްގައި މާދަމާ އިމާމްވެ ހުކުރު ކުރާނީ ޒުވާން ހަތީބުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ވަނީ މި ރޯދަ މަހު، ތަރީވީހް ނަމާދު ކުރުމަށާއި އިމާމުވެ ހުކުރު ކުރުމަށް ޒުވާން ހަތީބުން ތަމްރީނު ކޮށްފަ އެވެ. މިނިސްޓްރީން ވަނީ އިމާމުވެ ތަރާވީހް ނަމާދު ކުރަން ވެސް 16 ކުއްޖަކަށް ފުރުސަތު ދީފަ އެވެ.
މާދަމާ ހުކުރު ކުރާ ހަތީބުން:
1. ނައުފަން ނިޔާފް (ހުކުރު މިސްކިތް)
2. ހުސައިން ޒައިން އަލީ (ހުޅުމާލެ، މަސްޖިދުލް އަމާނީ)
3. ސުލައިމް މުހައްމަދު ލަތީފް (ތައިބާ މިސްކިތް)
4. އަބްދުލްމަތީން މުހައްމަދު (އީދު މިސްކިތް)
މީގެ ތެރެއިން ހުސައިން ޒައިން އަލީ އަކީ އޯޓިސްޓިކް ކުއްޖެއް ނަމަވެސް ގުރުއާނުގެ 12 ފޮތް ވަނީ ހިތުދަސް ކޮށްފަ އެވެ.