12 މާޗް 2024 - 12:52

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ބީއެމްއެލްގެ އެހީގައި އަޕްގްރޭޑު ކޮށްފި އެވެ.

މި މަރުކަޒު އަޕްގްރޭޑުކުރުމުގެ ގޮތުން އެ ތަނުގައި ބީއެމްއެލްގެ އެހީގައި އިންޑަސްޓްރިއަލް ބަދިގެއެއް ވަނީ ހަދައިފަ އެވެ. އަދި އެ ބަދިގެއަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކޮށް، ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ވެސް ވަނީ ހަދައިފަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުންކުރުމަށް ލޮކަރުތަކާއި ފާހަނާ އާއި ސައިބޯ ކޮޓަރި ވެސް ވަނީ ހަދައިފަ އެވެ. އަދި މި ތަނުގެ މުވައްޒަފުންނާއި ބަލިމީހުން ބޭނުންކުރުމަށް ލައިބްރަރީ ކޯނަރެއް ވެސް ވަނީ ހަދައިފަ އެވެ.
މި ޕްރޮޖެކްޓްގެ އެހީގައި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރު ވެސް ބޭންކުން ވަނީ ހަދިޔާކޮށްފައެވެ.
މިއީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.