11 މާޗް 2024 - 13:53

މިދިޔަ އަހަރުގެ ރޯދަ މަހު ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު އުރީދޫ "ހަދިޔާ ފޮށި" ޕްރޮމޯޝަން މި އަހަރު ވެސް ފަށައިފި އެވެ.
ހަދިޔާ ފޮއްޓަކީ އުރީދޫގެ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ 24 ގަޑިއިރަކުން ހުޅުވޭ ފޮއްޓެކެވެ. މި ފޮށީގައި ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ އާއި ގިފްޓް ވައުޗަރާއި ފޯނު، އެޕަލް ވިޝަން ޕްރޯ އަދި ޕީއެސް 5 ފަދަ އަގުހުރި އެތައް އިނާމެއް ވަނީ ހިމަނައިފަ އެވެ.
ހަދިޔާ ފޮށީގެ އިތުރުން މި އަހަރުގެ ރޯދައަށް އުރީދޫން ވަނީ ގިނަ އޮފާތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ރޯދަ ހަދިޔާ އޮފާ: މި އޮފާގެ ދަށުން 500ރ އިން މަތީ ޑޭޓާ ޕެކް ނެގުމުން 60 ޕަސެންޓާއި ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ. މިއީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ލިބޭ އޮފާއެކެވެ.
- ސުޕަރނެޓު އެކްޓިވޭޓް އެންޑް ވިން: މި އޮފާގެ ދަށުން އަލަށް ސުޕާނެޓު ނަގާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ވެސް ލަކީޑްރޯއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ހަފްތާއަކު ވެސް ގްރޭޓާ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވާ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
- ގިފްޓް އަ ޕެކް: މިއީ ރޯދަ މަހު އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭ އޮފާއެކެވެ.
މި އޮފާތަކުގެ އިތުރުން އުރީދޫން މި އަހަރުގެ ރޯދަ މަހަށް ވެސް ވަނީ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. ބުރުޒު ކޭޓަރިންއާ ގުޅިގެން ތައްޔާރުކުރާ މި ޕެކުތައް ބަހާނީ މިސްކިތްތަކުގަ އެވެ.
މި އަހަރުގެ ރޯދަ މަހު ވެސް އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށާއި ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓު ކުރާ ޕްރެޔާ އެލާޓު މިހާރު ކަސްޓަމަރުންނަށް އެކްޓިވޭޓުކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން މި ރޯދަ މަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ރޯދަ ކުއިޒެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކުއިޒްގެ ބައިވެރިންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ވަނީ އުމްރާ ދަތުރެއް ހުށަހަޅާފަ އެވެ. އަދި އުރީދޫގެ އަތޮޅު ދުވުން ގޭމުގެ ލީޑާބޯޑުގެ އެއްވަނަ އަށް ދާ ކުޅުންތެރިއަށް ދެމީހުންގެ އުމްރާ ދަތުރެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
މިއީ ގިބްލަ އެންޑް ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ދޭ ހަދިޔާއެކެވެ.