10 މާޗް 2024 - 11:09

އެމްޓީސީސީގައި މަސައްކަތް ކުރާ މައިންނާއި މާބަނޑު އަންހެނުންނަށް ލުއިތަކެއް ދިނުމަށް ނިންމައިފި އެވެ.

މިކަން އިއުލާނުކުރީ އެ ކުންފުނިން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގަ އެވެ. އެމްޓީސީސީން ބުނީ އެ ކުންފުނިން ދޭން ނިންމި ލުއިތަކުގެ ދަށުން އެ ކުންފުނީގައި މަސައްކަތްކުރާ މާބަނޑު އަންހެނުންނާއި އެއް އަހަރުން ދަށުގެ ދަރިން ތިބި މައިންނަށް "ފްލެކްސިބަލް ވޯކް އެރޭންޖްމަންޓް" ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާބަނޑު އަންހެން މުވައްޒަފުން އަދި ދެ އަހަރު ނުފުރޭ ދަރިންގެ މައިންނަށް ތިން ގަޑިއިރުގެ ބްރޭކެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ، އެ ކުންފުނިން އަންހެނުން މުވައްޒަފުންނަށް ދޭން ނިންމި ލުއިތަކަކީ މާބަނޑު ދުވަސްވަރާއި، ތުއްތު ކުދިން ގެންގުޅޭ މައިންނަށް މަސައްކަތް ކުރަން ފަސޭހަ މާހަައުލެއް ގާއިމުކުރުން ކަމަށެވެ. އަދި އެ ކުންފުނިން ކޮންމެ އަހަރެއްގައި އަންހެނުންގެ ދުވަސް ފާހަގަކުރަނީ އެކި މައިދާންތަކުގައި އަންހެނުންނަށް ފިރިހެނުންނާއި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ އެމްޓީސީސީ އަކީ އަންހެން މުވައްޒަފުންނަށް ފުރުސަތުތައް ފަހިކޮށްދީ ބާރުވެރިކުރުމުގައި ނަމޫނާ ކުންފުންޏެއް ކަމަށާއި އެ ކުންފުނި އުފެދުނީއްސުރެ، ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ދައުރު ބޮޑު ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ ސީނިއާ މެނޭޖުމަންޓުން ފެށިގެން ކުންފުނީގެ އެކި ފަންތިތަކުގެ މަގާމުތަކުގައި އަންހެނުން ހިމެނުމަކީ ކުންފުންޏަށް ލިބޭ ފަހުރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
އެމްޓީސީސީގައި އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް މުވައްޒަފުންގެ ތެރޭގައި ވެސް އަންހެނުން ހިމެނޭ ކަމަށާއި ޕްރޮޖެކްޓް މެނޭޖަރުންނާއ،ި ސައިޓް ސުޕަވައިޒަރުންނާއ،ި ސާވޭއިން އޮފިސަރުންގެ ގޮތުގައި އާއި ބަސް އެޓެންޑެންޓުންނާއ،ި ބަސް ޑްރައިވަރުންނާއި އަދި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ވެސް އަންހެނުން މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ އުއްމީދަކީ ކުންފުނީގެ އުއްމީދަކ،ީ ވެލްޑަރުންނާއ،ި ކާޕެންޓަރުންނާއި، ހެވީ ވެހިކަލް އޮޕަރޭޓަރުންނާއ،ި ލޯންޗް އޮޕަރޭޓަރުންނާއ،ި ފަޅުވެރިންގެ ވަޒީފާތަކުގައި ވެސް ކުރިއަށްއޮތް ދުވަސްތަކުގައި އަންހެނުންގެ ބައިވެރިވުން ފެނުން ކަމަށެވެ.