16 ފެބުރުއަރީ 2017 - 20:39

އޭޝިޔާ ޕެސިފިކް ނެޓްވޯކް އިންފޮމޭޝަން ސެންޓަރު (އެޕްނިކް) އިން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާ ގުޅިގެން، ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެމުން އަންނަ މީހުންނަށް ވޯކުޝޮޕެއް ބާއްވައިފި އެވެ.
ތިން ދުވަހަށް ކުރި އަށް ގެންދިޔަ މި ވޯކްޝޮޕްގައި، އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުނިތަކުގެ 14 މީހުން ބައިވެރިވި އެވެ. މި މީހުންނަށް މައުލޫމާތު ފޯރުކޮށްދިނީ ވެސް އެޕްނިކްގެ އިސްބޭފުޅުންނެވެ.
އެޕްނިކްގެ މެނޭޖާ އެންޑް ޓްރެއިނިން ޓެކްނިކަލް އެސިސްޓެންޓް ނޫރުލް އިސްލާމް ވިދާޅުވީ އިންޓަނެޓުގެ ހިދުމަތް ދުނިޔޭގައި ފުޅާވަމުން އަންނަ އިރު އެކަން ހަރުދަނާ ގޮތެއްގައި ފޯރު ކޮށްދޭން ޖެހޭ ކަމަށެވެ.
ނޫރުލް އިސްލާމް ވިދާޅުވީ އިންޓަނެޓު ރަނގަޅު ގޮތުގައި ބަލަހައްޓާނެ ގޮތުގެ އިތުރު މައުލޫމާތު ދިވެހީންނަށް އަދި ވެސް ބޭނުންވާ ކަމަށާއި، އެހެންކަމުން މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ވެސް، އިންޓަނެޓާ ގުޅޭ ތަފާޓު ވޯކްޝޮޕްތައް ބާއްވާނެ ކަމަށެވެ.