17 ފެބުރުއަރީ 2017 - 06:02

އަކްޝޭ ކުމާރު ދެކެނީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ އަދި އޭނާގެ މައިދައިތަ ޑިމްޕަލް ކަޕާޑިއާ އަކީ ބޮލީވުޑްގައި ހުރި އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.
ޓުވިޓާގައި އަކްޝޭ އާއި އޭނާގެ ފޭނުންނާ ދެމެދު ބޭއްވި ސުވާލާއި ޖަވާބު ސެޝަންގައި ފޭނަކު އަކްޝޭގެ ބޮލީވުޑް ބެސްޓް ފްރެންޑަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ މައިދައިތަ ކަމަށެވެ.
"ބޮބީ"ގެ ތަރި ޑިމްޕަލް އަކީ އެންމެ ގާތް އެކުވެރިޔާ ކަމުގައި އަކްޝޭ ބުންޏަސް އޭނާއާ އެކު "ދިލް ތޯ ޕާގަލް ހޭ" ގައި މަސައްކަތް ކުރި ޝާހްރުކް ޚާންއާ ބެހޭ ގޮތުން ވެސް އަކްޝޭ ބައެއް ވާހަކަ ހިއްސާ ކުރި އެވެ.
އެންމެ ލަފުޒަކުން ޝާހްރުކް ސިފަކުރާ ނަމަ ބުނާނީ ކީކޭތޯ ފޭނަކު ސުވާލުކުރުމުން އަކްޝޭ ބުނީ މީހުންގެ ހިތްތައް ފަތަހަކޮށްލުމުގެ ގާބިލްކަން ލިބިފައިވާ އަދި ވިޔަފާރީގެ ވިސްނުން ވަރަށް ރަނގަޅު އެކްޓަރެއް ކަމަށެވެ.
އަކްޝޭ އާއި ޓްވިންކަލް ރައްޓެހިވެގެން އުޅުނުއިރުވެސް އެ ދެ މީހުންގެ ގުޅުމަށް ޓްވިންކަލްގެ ރުހުން ލިބުނެވެ. ނަމަވެސް ޓްވިންކަލްގެ ބައްޕަ ރާޖޭޝް ކަންނާ ނުގަބޫލުވެގެން ކައިވެނި ނުކޮށް މަޑުކުރަން ޖެހުނެވެ.
ރާޖޭޝް ކަންނާ އެހާ ބޮޑަށް އަކްޝޭއާ ނުގަބޫލުވީ އޭރު މަސައްކަތްކުރި ހުރިހާ ބަތަލާއިންނާ އަކްޝޭއާ އަޅުވާ ކިޔަމުން ދިއުމުންނެވެ. ނަމަވެސް އެންމެ ފަހުން ޓްވިންކަލް ވަރަށް އާދޭސްކޮށްގެން ރާޖޭޝް ކަންނާ އެއްބަސްވީ އެވެ.