07 މާޗް 2024 - 11:21

މެޑްރިޑް (މާޗް 7) - ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ، ފަސް އަހަރަށް ޖަލުގައި ހޭދަ ކުރަން ޖެހޭ ވަރުގެ ހުކުމެއް ކޮށްދިނުމަށް ސްޕޭނުގެ ޓެކްސް އިދާރާއިން ކޯޓުގައި އެދިއްޖެ އެވެ.
ޓެކްހަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި އަންޗެލޮޓީއާ ދެކޮޅަށް ދައުވާ ކުރަން ސްޕޭނުގެ ޓެކްސް އިދާރާއިން ނިންމީ 2012-2014 އަށް ރެއާލްގެ ކޯޗުކަމުގައި ހޭދަ ކުރި ދުވަސްވަރުގައި ޓެކްސްގެ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް ތުހުމަތުކޮށެވެ.
އެ ދައުވާ އޭނާއާ ދެކޮޅަށް އުފުލީ 2020 ގަ އެވެ. އޭރު އޭނާ ހުރީ އެވަޓަންގެ ކޯޗުކަމުގެ މަގަމުގަ އެވެ.
ހަރުކަށި އުސޫލުތަކެއް އޮންނަ ސްޕޭނުގެ ޓެކްސް އިދާރާއިން ތުހުމަތުކުރާ ގޮތުގައި އިމޭޖް ރައިޓްސްގެ ގޮތުގައި ލިބުނު އާމުދަނީން، އަންޗެލޮޓީ 1 މިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ނުދައްކަ އެވެ.
ޓެކްސް އިދާރާއިން ބުނީ ވަޕިއާ ލިމިޓެޑް ކުންފުންޏަކަށް، ޖުލައި 2013 ގައި އަންޗެލޮޓީގެ އިމޭޖް ރައިޓްސް 25 މިލިއަން ޑޮލަރަށް ވިއްކާލި ކަމަށެވެ. އެ އެއްބސްވުމުގެ މުއްދަތަކީ 10 އަހަރެވެ.
އެކަމަކު ޓެކްސް ނުދައްކައި ސަލާމަތްވުމުގެ ގޮތުން އެހެން މަގާމެއް އަދާ ކުރާ ކަމަށް ލިޔެކިޔުންތައް އަންޗެލޮޓީ ހުށަހަޅާފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.
ދައުވާ ސާބިތުވެއްޖެނަމަ، ހަތަރު އަރާއި ނުވަ މަހަށް ޖަލަށް ލުމަށް ޓެކްސް އެތޯރިޓީގެ ފަރާތުން ސްޕޭނުގެ ޕްރޮސިކުރުޓަރުން ވަނީ ކޯޓްގައި އެދިފަ އެވެ.