އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބޭ މަންޒަރު ދެކެން ބޭނުން: ޖަމީލް
އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބޭ މަންޒަރު ދެކެން ބޭނުން: ޖަމީލް

އިދިކޮޅު އިއްތިހާދުން ގައުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެ އިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބޭ މަންޒަރު ދެކެން ބޭނުން: ޖަމީލް
އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބޭ މަންޒަރު ދެކެން ބޭނުން: ޖަމީލް

ރާއްޖޭން ބޭރުގައި މިހާރު ދިރިއުޅުއްވާ ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކުލަވައިލި "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން"ގެ އޮފީހެއް ސްރީ ލަންކާގައި ހުޅުވަން ބޭއްވި ހަފުލާގައި ދެއްވި އޯޑިއޯ މެސެޖެއްގައި ޖަމީލް ވިދާޅުވީ ހިޔާލު ތަފާތު އެތައް ބަޔަކު ގުޅުނީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކަމަށެވެ. ހައްގުތައް ހޯދަން ކުރާ މަސައްކަތުގައި، އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބާއްވާ މަންޒަރު ދެކެން ބޭނުންވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބޭ މަންޒަރު ދެކެން ބޭނުން: ޖަމީލް
އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބޭ މަންޒަރު ދެކެން ބޭނުން: ޖަމީލް

"މި ކުރާ މަސައްކަތުގެ ތެރޭގައި އަޅުގަނޑު ދެކެން ބޭނުންވޭ ރައީސް ނަޝީދަށް ރާއްޖޭގައި ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދާން. ސިޔާސީ އެހެން ބޭފުޅުންނަށް ވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާން،" ޖަމީލް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވެ ޖަމީލް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި "ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު ފަނޑުވެ، ހައްގުތައް ހަނިވެ، ވެރިކަމުގެ ޖާހާއި ލައްޒަތު ބޮޑުވެގެންދާ" ކަމަށެވެ.

ބާތިލާއި ހައްގު އޮޅުވައިނުލުމާއި އެނގި ތިބެގެން ހައްގުތައް ނުފޮރުވުމަކީ ދީނުގައި އަންގަވާފައި އޮންނަ ގޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެންވެ ކަނޑައެޅިގެން ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވާ މަންޒަރު ބަލަން ތިބެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ހުދުމުހުތާރު ވެރިއެއް، އެ މަނިކުފާނުގެ ވެރިކަން މިސްރާބު ޖަހާފައި ވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް،" ޖަމީލް ވިދާޅުވި އެވެ.

ކޮލަމްބޯގައި ހުޅުވި އޮފީހަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް މުހިއްމު މަސައްކަތްތަކެއް ކުރާނެ ތަނެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އިދިކޮޅު އިއްތިހާދުގެ މަސައްކަތް ލަންކާގައި ފެށުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ލަންކާގައި ޑިމޮކްރަސީ އިއާދަވެގެން ދިޔަ ގޮތަކީ ރާއްޖެ އަށް ނަމޫނާއެއް ކަން ފާހަގަކުރައްވައި، އެ ގައުމުން ދިއްލުނު ހުޅުކޮޅުން ރާއްޖެ އަށް އަލިކަން ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ. އިއްތިހާދުގެ މަގްސަދު ވަރަށް ސާފު ކަމަށާއި ބޭނުމަކީ، ޖަމީލް ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ޑިމޮކްރަސީ އިއާދަކުރުމެވެ.

"ބޮޑު މަންޒަރަށް ވިސްނަން އެބަ ޖެހޭ، އެއީ ރާއްޖޭގެ ޑިމޮކްރަސީ. ހިޔާލުތަފާތުވުންތަކަށް ވުރެ ޑިމޮކްރަސީ މުހިއްމު، ރައްޔިތުންގެ ހައްގުތައް މުހިއްމު،" ޖަމީލް ވިދާޅުވި އެވެ.