ޓެން ހަގްގެ ކުރިމަގާ މެދު ސުވާލު އުފެދިފައި ވަނިކޮށް ޔުނައިޓެޑުން އެެހެން ކޯޗުންނާ ވާހަކަ ދައްކަނީ!
ޓެން ހަގްގެ ކުރިމަގާ މެދު ސުވާލު އުފެދިފައި ވަނިކޮށް ޔުނައިޓެޑުން އެެހެން ކޯޗުންނާ ވާހަކަ ދައްކަނީ!

މެންޗެސްޓާ (މާޗް 6) - އެރިކް ޓެން ހަގްގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑަށް އާ ކޯޗަކު ހަމަޖައްސަން ކޯޗުންގެ އެޖެންޓުންނާ އެ ކްލަބުން ވާހަކަ ދައްކަމުންދާކަމަށް އެ ކްލަބްގެ އެތެރޭގެ އޮފިޝަލަކާ ހަވާލަދީ މީޑީއާތަކުން ބުނެފި އެވެ.

އީއެސްޕީއެންއިން ބުނީ، މިދިޔަ އާދިއްތަ ދުވަހު، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން، ޔުނައިޓެޑް ބަލިވުމުން، އެ ކްލަބް ފުޓްބޯޅަ ސެކްޓާގެ ކޮންޓޯލް ކުރާ ޖިމް ރެޓްކްލިފް ނުތަވަސްވެފައިވާ ކަމަށެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑާ އެކު ކޮންޓްރެކްޓް ހަދައިފައިވާ ޓެންހަގަށް ވަޒީފާ ސަލާމަތް ކުރަން އޮތް ހަމައެކަނި ގޮތަކީ އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމެވެ.

"އެކަން [ޗެމްޕިއަންސް ލީގުގެ ޖާގަ] ހާސިލު ނުވެއްޖެއްޔާ އާ ސީޒަން ފަށާއިރު ކޯޗު ބަދަލުވެދާނެ،" ޔުނައިޓެޑްގެ އެތެރޭގެ އޮފިޝަލަކު ބުންޏެވެ.

އެ ކްލަބުން ވާހަކަ ދައްކަމުން ދަނީ ކޮން ކޯޗުންގެ މަންދޫބުންނާ އެކު ކަމެއް ހާމަކޮށްފައެއް ނެތެވެ.

ޓެން ހަގުގެ ކުރިމަގާ މެދު ސުވާލު އުފެދިފައި ވިޔަސް އޭނާ މީގެ ކުރިން ބުނީ ރެޓްކްލިފްގެ އިތުބާރު އޭނާ އަށް އެބައޮތް ކަމަށެވެ.