06 މާޗް 2024 - 12:50

މެޑްރިޑް (މާޗް 6) - އިޓާލިއަން ލީގުން ސަސްޕެންޑްކޮށްފައިވާ، ރެފްރީއެއް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑާ ލައިޕްޒިގްގެ މެޗަށް ނަގައިފި އެވެ.
އިޓަލީގެ ރެފްރީ މާކޯ ޑި ބެއްލާ، ސަސްޕެންޑް ކުރީ ސެރީ އާ ގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އޭސީ މިލާނާއި ލާޒިއޯ ކުޅުނު މެޗުގައި ލާޒިއޯގެ ތިން ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމުންނެވެ.
މެޑްރިޑްގެ ސެންތިއާގޯ ބެރްނަބުއޭގައި މިރޭ ކުޅޭ މެޗުގައި ޑި ބެއްލޯ އަދާ ކުރާނީ ބަދަލު ރެފްރީ ނުވަތަ ހަތަރުވަނަ އޮފިޝަލް) ގެ ރޯލެވެ.
ލާޒިއޯ އާއި މިލާންގެ މެޗާ ގުޅިގެން އޭނާގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. މި ވަގުތު އޭނާ ހުރީ ވަގުތީ ގޮތުން އެކަހެރިކޮށްފަ އެވެ.
އޭނާގެ މައްޗަށް އެއް މަހުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވެ އެވެ. އަދި އިޓަލީގެ ދެވަނަ ޑިވިޝަނަށް އޭނާ ޑިމޯޓް ކުރާނެ އެވެ.
އޭނާގެ މައްސަލަ ބަލަމުންދަނިކޮށް، ޔޫއެފާއިން އޭނާ މުހިންމު މެޗަށް ނެގުމުން، އެ އިދާރާ އަށް ދަނީ ފާޑުކިޔަމުންނެވެ.