ޕީޖީ އޮފީހުގެ ބޮޑު އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި
ޕީޖީ އޮފީހުގެ ބޮޑު އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ހުރި ހުރިހާ ކުށުގެ ރެކޯޑްތަކާއި މުހިންމު މައުލޫމާތު ހިމެނޭ އެ އޮފީހުގެ ބޮޑު އާކައިވް ފުވައްމުލަަކަށް ބަދަލުކޮށް، ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ޕީޖީ އޮފީހުގެ ބޮޑު އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި
ޕީޖީ އޮފީހުގެ ބޮޑު އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި

މިއީ ޕީޖީ އޮފީހުގައި ހުރި ހުރިހާ ކުށުގެ ރެކޯޑްތަކާއި މައުލޫމާތުތައް ހިމެނޭ ރަސްމީ އާކައިވް މާލެއިން ބޭރުގައި ގާއިމްކުރި ފުރަތަމަ ފަހަރެވެ.

ޕީޖީ އޮފީހުގެ ބޮޑު އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި
ޕީޖީ އޮފީހުގެ ބޮޑު އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި

ފުވައްމުލަކުގައި ހުންނަ ޕީޖީ އޮފީހުގެ ގޮފީގައި ގާއިމްކުރި އެ އާކައިވް ހުޅުވައި ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، އާކައިވް ފުވައްމުލަކަށް ބަދަލު ކުރުމަކީ ޕީޖީ އޮފީހުގެ މަސައްކަތްތައް ލާމަރުކަޒީކޮށް، ހިންގުމުގެ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ. އެ ބަދަލާ އެކު ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ފުވައްމުލަކުގެ ހަތަރު ފަސް ބޭފުޅަކަށް ވަޒީފާ ލިބި، ރަށުގައި ތިއްބަވައިގެން ވަޒީފާ އަދާ ކުރެވޭނެ އިންތިޒާމް މިހިރީ ހަމަޖެހިފައި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އާކައިވް ފުވައްމުލަކަށް ބަދަލު ކުރެވުނީ އެ ރަށު ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ. އެހެންވެ، އެކަމަށްޓަކައި އެ ކައުންސިލަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ޕީޖީ އޮފީހުގައި ހުރި ހުރިހާ ކުށުގެ ރެކޯޑްތަކާއި ލިޔުންތައް އާވައިކްކޮށް، ރައްކާތެރިކޮށް ބެލެހެއްޓޭނެ ވަސީލަތްތައް އެތަނުގައި ގާއިމް ކޮށްފައިވެ އެވެ. އާކައިވް ގާއިމް ކުރި ނަމަވެސް އޮންލައިންކޮށް ޕީޖީ އޮފީހަށް އެ މައުލޫމާތުތައް ބެލޭނެ އިންތިޒާމް ހަމަޖެހިފައިވެ އެވެ.