އެމްޕީއެލް އިން މިއަހަރު އުމްރާއަށް ފޮނުވާ ތިން މުވައްޒަފުންނާ ލިޔުން ހަވާލުކޮށްފި
އެމްޕީއެލް އިން މިއަހަރު އުމްރާއަށް ފޮނުވާ ތިން މުވައްޒަފުންނާ ލިޔުން ހަވާލުކޮށްފި

އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން މިއަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުނު ތިން މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި އެވެ.

އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ.

މިއަހަރު އެ ފުރުސަތު ލިބުނީ ފަސީލް މުހައްމަދާއި ހާމިދު މުހައްމަދާއި އަމީޒާ އަލީ އަށެވެ. އެ މުވައްޒަފުން އުމްރާއަށް ދިއުމުގެ ހުރިހާ ހަރަދެއް ކުރާނީ އެ ކުންފުނިންނެވެ.

އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކު ވެސް އުމްރާގެ އަޅުކަމަށް ތިން މުވައްޒަފުން އަދި ހައްޖުގެ އަޅުކަމަށް ފަސް މުވައްޒަފުން އަންނަނީ ފޮނުވަމުންނެވެ.