އުރީދޫން ޕެރިހަށް ޕީއެސްޖީގެ މެޗު ބަލަން ދާ ނަސީބުވެރިޔާ ހޮވައިފި
އުރީދޫން ޕެރިހަށް ޕީއެސްޖީގެ މެޗު ބަލަން ދާ ނަސީބުވެރިޔާ ހޮވައިފި

އުރީދޫން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ޕީއެސްޖީގެ މެޗެއް ބަލާލުމަށް ޕެރިހަށް ދާ ދަތުރެއް ހުށަހަޅައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

މި ޕްރޮމޯޝަނަކީ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވުނީ އުރީދޫގެ ސުޕަނެޓް ކަސްޓަމަރު އަރުޝަދު އަބްދުލް ހަކީމެވެ.

އޭނާއަށް އުރީދޫން ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ދެ ރެއާއި ތިން ދުވަހަށް ފުލް ބޯޑާ އެކު އެކޮމޮޑޭޝަންގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން 21 އޭޕްރީލް 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮމޯޝަނަކީ އުރީދޫން ޕީއެސްޖީއާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. ޕީއެސްޖީ އަކީ އުރީދޫ ގްރޫޕުގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހިމެނޭ ކްލަބެކެވެ.