ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ހަދިޔާކޮށްފި
ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ހަދިޔާކޮށްފި

ތިމާވެއްޓާ ރައްޓެހި އެމްބިއުލާންސްތަކެއް ޗައިނާއިން ރާއްޖެއަށް މިއަދު ހަދިޔާކޮށްފި އެވެ.

ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ހަދިޔާކޮށްފި
ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ހަދިޔާކޮށްފި

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ޗައިނާ އެމްބަސީގެ ފަރާތުން 12 ގްރީން އެމްބިއުލާންސް ހަވާލުކުރެއްވިކަމުގެ ރަމްޒީ ލިޔުން ދެއްވީ، އެ ގައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ވަން ލީޝިން އެވެ.

ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ހަދިޔާކޮށްފި
ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ހަދިޔާކޮށްފި

މިނިސްޓްރީގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދެވެ. އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓްރީން ބުނީ އެ އެމްބިއުލާންސްތަކާއެކު ރަށްރަށުގައި ކާރިސާގެ ވަގުތުތަކާއި އިމަޖެންސީ އަދި އެކްސިޑެންޓުތަކުގައި ބަލި މީހުންނަށް އަވަހަށް ސިއްހީ ކުއްލި ފަރުވާ ދިނުމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވަން ދަތިވާ ކުދި ރަށްތަކުގައި ވެސް، ގްރީން އެމްބިއުލާންސްގެ ސަބަބުން ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް ފަރުމާކޮށްފައިވާ ގްރީން އެމްބިއުލާންސް ހުންނަނީ ބަގީ ހުންނަ ގޮތަށެވެ. އެކަމަކު، އިށީންނަ ސީޓުތަކުގެ ބަދަލުގައި ބަހައްޓާފައި ވަނީ ސްޓްރެޗަރެވެ.

މިނިސްޓްރީން ވަނީ ކޮންމެ ހާލަތެއްގައި ވެސް ޗައިނާއިން ރާއްޖެއަށް އެހީތެރިވާތީ ޝުކުރު އަދާކޮށްފަ އެވެ.