ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުރިއަށްދާ އުރީދޫ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުރިއަށްދާ އުރީދޫ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫން ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ފުރަތަމަ ތިން ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުރިއަށްދާ އުރީދޫ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުރިއަށްދާ އުރީދޫ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި

އަގުހުރި އިނާމުތަކަކާ އެކު އުރީދޫން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވުނު އަހްމަދު ސާއިން އިސްމާއިލް ޝިޔާމަށް ލިބުނީ 203 ލީޓަރުގެ ރެފްރިޖެރޭޓަރެކެވެ. ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އައިމިނަތު ރަޝީދާއަށް ލިބުނީ އަވަނެކެވެ. އަދި ތިން ވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަބްދުﷲ ނާސިރަށް ލިބުނީ ސޯފާއެކެވެ. މި ތިން ނަސީބުވެރިންނަށް ވެސް ލިބުނު އިނާމުތައް މިހާރު ހަވާލުކޮށްފައިވާ ކަމަށް އުރީދޫން ބުންޏެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުރިއަށްދާ އުރީދޫ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުރިއަށްދާ އުރީދޫ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި

އުރީދޫގެ މި ޕްރޮމޯޝަނަކީ މުބާރާތުގެ މެޗުތައް ކުރިއަށްދާ ދުވަސްދުވަހު ރެހެންދި ޓާފު ދަނޑުގައި ބަހައްޓާފައި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތަކަށް އެދިގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާ އަކު ވެސް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. އޭގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ އިނާމުތައް ހިމެނެ އެވެ.

މި ޓެންޓުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓްގެ ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ގަނެގެން ޕްރޮމޯޝަނުގެ ލަކީޑްރޯ ގައި ބައިވެރި ވެވޭނެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލަންޖަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ހިންގާ މި މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އުރީދު އެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންދަނީ ހުޅުމާލެ، ރެހެންދި ޓާފް ދަނޑުގަ އެވެ.