03 މާޗް 2024 - 12:13

ރޯދަ މަހަށް ހާއްސަކޮށް ބޮޑެތި ޑިސްކައުންޓުތަކެއް ދޭ މާވީ ހޯމްގެ ރޯދަ ސޭލް ފަށައިފި އެވެ.
މި ސޭލްގައި ބަދިގޭގައި ބޭނުން ކުރާ އިލެކްޓްރޯނިކް އެޕްލަޔަންސާއި ތެލި، ތަށި އަދި ސަމްސާ ފަދަ ތަކެތި ހިމެނޭ ގޮތަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި ޑިސްކައުންޓު ލިބޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި ބްލެންކެޓާއި ކުއިލްޓު ވެސް ވަނީ ހިމަނައިފަ އެވެ.
މާވީ ހޯމްއިން ބުނީ، ރޯދަ މަހަކީ އުމްރާގެ އަޅުކަމަށް ގިނަ ބަޔަކު ފުރާ މަހަކަށްވުމުން އެ ތަނުން ވިއްކާ އިހުރާމު ފޮތިން ވެސް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އަދި ރޯދަ މަހަކީ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާ މަހަކަށްވުމުން، އެ ތަނުގައި ވިއްކާ ފަޔަށް ލުއިކަން އިހުސާސް ކުރެވޭ ފޯމް މުސައްލައިން ވެސް ޑިސްކައުންޓު ލިބޭނެ ކަމަށް މާވީ ހޯމްއިން ބުންޏެވެ.
މާވީ ހޯމްއިން ބުނީ އުމްރާ ފޮތިގަނޑާއި ފޯމު މުސައްލަ ގަންނަ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއް ވެސް ލިބޭނެ ކަމަށެވެ.
މާވީ ހޯމް ހުންނަނީ ދިލްބަހާރު މަގުގައި ހުންނަ އާޓިފިޝަލް މާ ވިއްކާ އެންމެ ބޮޑު އެއް ފިހާރަ، މާވީ ޑެކޯގެ ފުރަތަމަ ފްލޯގަ އެވެ. މާވީ ހޯމްގައި ވިއްކާ ޕްރޮޑަކްޓުތަކުގެ މައުލޫމާތު 7725959 އިން ލިބޭނެ އެވެ.