03 މާޗް 2024 - 11:34

ބޮޑެތި ޑިސްކައުންޓުތަކަކާއި ބޮޑު އިނާމެއް ހުށަހަޅައި، އައިވްސްގެ ރޯދަ ސޭލް ފަށައިފި އެވެ.
މި ސޭލްގައި އެ ތަނުން ވިއްކާ ކުލަ، ފްލޯރިން، ކްލީނިން ޕްރޮޑަކްޓުތަކާއި ހާޑްވެއާ އަދި ޕަވާ ޓޫލްސް ފަދަ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަނުގައި 500ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވީކްލީ ލަކީޑްރޯ އާއި ބޮޑު އިނާމު ހޯދުމަށް ލަކީޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ.
ވީކްލީ އިނާމެއްގެ ގޮތުގައި އައިވްސްގެ ކޮންމެ ފިހާރައަކުން ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިވްސްއިން ހުށަހަޅާފައި ވަނީ އައިވްސްގެ 500ރ. ގެ ވައުޗަރެކެވެ. މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ފަސް ދުވަހާއި ފަސް ރޭ ތުރުކީގައި ހޭދަކުރުމަށް ދެ މީހަކަށް ދޭ ދަތުރެކެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އައިވްސްގެ މި ޕްރޮމޯޝަން މާލެ އާއި ހުޅުމާލޭގައި ހުރި އައިވްސްގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ދާނެ އެވެ.