އޮޔާ ދަނިކޮށް ފެނިގެން 14 ޑައިވަރުން ސަލާމާތް ކޮށްފި
އޮޔާ ދަނިކޮށް ފެނިގެން 14 ޑައިވަރުން ސަލާމާތް ކޮށްފި

ކަނޑުމަތީގައި 14 ޑައިވަރުން މިއަދު އޮޔާދަނިކޮށް ފުލުހުންނަށް ފެނިގެން ސަލާމަތްކޮށްފި އެވެ.

އޮޔާ ދަނިކޮށް ފެނިގެން 14 ޑައިވަރުން ސަލާމާތް ކޮށްފި
އޮޔާ ދަނިކޮށް ފެނިގެން 14 ޑައިވަރުން ސަލާމާތް ކޮށްފި

ޕޮލިހުން ބުނީ މެރިން ޕޮލިސް ލޯންޗެއް މިއަދު ހެނދުނު ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ގދ. ގަން ކައިރި، ކަނޑުމަތިން ޑައިވަރެއް ފެނިގެން ލޯންޗު އެ ސަރަހައްދަށް ދިޔައިރު އިތުރު ދެ ޑައިވަރުން ފެނުނު ކަމަށެވެ.

އޮޔާ ދަނިކޮށް ފެނިގެން 14 ޑައިވަރުން ސަލާމާތް ކޮށްފި
އޮޔާ ދަނިކޮށް ފެނިގެން 14 ޑައިވަރުން ސަލާމާތް ކޮށްފި

ލޯންޗު އެ ސަރަހައްދަށް ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއް އޮޔާ ދާ ކަމުގެ މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ސަލާމަތްކުރި މީހުންގެ ތެރޭގައި ހިމެނެނީ ރަޝިއާގެ 10 ޑައިވަރުންނާއި ދިވެހި ހަތަރު އިންސްޓްރަކްޓަރުންނެވެ.

ޕޮލިސް ލޯންޗުގައި އެ މީހުން ގެންދިޔައީ ގދ. ގައްދުއަށެވެ. ޑައިވްކުރަން އެ މީހުން ދިޔަ ސަފާރީ ވެސް ހޯދައި މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި، ސަލާމަތްކުރި އެންމެންގެ ހާލު ރަނގަޅެވެ.