ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ލިބޭ ލޯނެއް ދެނީ
ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ލިބޭ ލޯނެއް ދެނީ

ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަން އަތޮޅުތަކުން މާލެ އައިސް ތިބި ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދަށް އެހީއެއްގެ ގޮތުގައި މަހަކު 6،000 ރުފިޔާގެ ސްޓައިޕެންޑް ލޯނެއް، ފަހުން އަނބުރާ ދައްކާ ގޮތަށް ދޭން ނިންމައިފި އެވެ.

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ލިބޭ ލޯނެއް ދެނީ
ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ލިބޭ ލޯނެއް ދެނީ

މަތީ ތައުލީމްގެ އިތުރު 500 ފުރުސަތު ހުޅުވާލަން، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ހިލޭ ޑިގްރީގައި ބައިވެރިވެގެން ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ކުރަން ޖެހޭ ހަރަދަށް ލޯނުގެ ތެރެއިން ސްޓައިޕެންޑެއް ލިބޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ކިޔަވާ ނިމިގެން އަނބުރާ ދައްކަން ޖެހޭ ގޮތަށް، ސްޓައިޕެންޑް ދޫކުރުމުގައި އިސްކަންދޭން ނިންމާފައި ވަނީ އަތޮޅުތެރެއިން ކިޔަވަން މާލެ އައިސް ތިބޭ ކުދިންނަށެވެ. މި ބުރުގައި ހުޅުވާލަން ނިންމާފައި ވަނީ 20 ފުރުސަތަށެވެ. އެ ކުދިން ހޮވާނީ ކުރިމަތިލާ ކުދިންގެ ތެރެއިން ކަމަށާއި އެއީ އެ ކުދިންނަށް ވަރަށް ބޮޑު އެހީ އަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިވަގުތު ހިލޭ ޑިގްރީގައި މި ޕޭ ކުރަނީ ކޯސް ފީ އަށް. އެކަމަކު ކުދިންނަށް އެބަ އާދޭ ގޮންޖެހުންތަކެއް، އެ ކުދިން ކިޔަވަން އައިސް ކުދިންގެ ކިޔެވުމުގެ ހަރަދު ތަކަށް. ތިބުމުގެ ހަރަދުތައް ހަމަ ނުޖެހޭތީ. އެހެންވެ، އަތޮޅު ތެރޭގެ ވާހަކަ މިނިސްޓަރު އެ ފާހަގަ ކުރެއްވީ، އެއީ ރަށުން ބޭރުން އައިސް ތިބޭ ކުދިންނަށް އިތުރު ހަރަދުތަކެއް ބޭނުންވާތީ،" މިނިސްޓަރުގެ ވާހަކަ ތަފްސީލު ކޮށްދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވި އެވެ.

ސްޓައިޕެންޑްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ދޫކުރާނީ ބޭނުންވާ ދަރިވަރުން އެކަމަށް އެދުމުންނެވެ. ލޯނެއްގެ ގޮތުގައި ދޫކުރާ މި ފައިސާ އަނބުރާ ދައްކަން ފަށަން ޖެހެނީ ކިޔަވާ ނިމޭތާ ހަ މަސް ފަހުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ސްޓައިޕެންޑެއް ދޭން ނިންމީ ވަރަށް ގިނަ ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ސްޓައިޕެންޑާ އެކު ދަރިވަރުންނަށް ލުއިތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުރީ ސަރުކާރުން ފެށި ހިލޭ ޑިގްރީގެ ދަށުން މިހާރު 18،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު މިހާތަނަށް 6،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ޑިގްރީ ފުރިހަމަކޮށްފަ އެވެ.