13 ޖޫން 2016 - 08:12

ދިވެހިންގެ ތެރޭގައި މިހާރު އެންމެ މަގްބޫލު ލިޕްސްޓިކް ތަކުގެ ތެރޭގައި ކައިލީ ލިޕް ކިޓް، ކަލާ ޕޮޕް އަދި އެންމް އަގު ބޮޑު ލޫބުޓާން ލިޕްސްޓިކް ހިމެނެ އެވެ. މަޝްހޫރު ބޫޓު ޑިޒައިނާ ކްރިސްޗިއަން ލުބުޓާން އޭނާގެ ވިޔާފަރި ފުޅާކުރީ ކޮސްމެޓިކްސް ދާއިރާއަށެވެ. ލުބުޓާން އެންމެ ފުރަތަމަ ތައާރަފުކުރީ ނިޔަފަތީގައި ޖައްސާ ކުލަ ދެން ލިޕްސްޓިކެވެ. މިއަހަރުގެ ޖުލައި އެކެއްގައި ނެރޭ އާ ލިޕްސްޓިކް ކަލެކްޝަން މިމަހު ލޫބުޓާން ވަނީ އިއުލާން ކޮށްފަ އެވެ.

"ލުބިލަކް އަކީ ކެރޭ އަދި ޖެހިލުމެއްނެތި ކަންތައްތަކާ ކުރިމަތިލާ އަންހެނުންނަށް ހާއްސަ ލިޕްސްޓިކެއް. އަދި ތުންފަތަށް ސަމާލުކަން ގެންނަން ބޭނުންވާ މީހުންނަށް ތައްޔާރުކޮށްފައިވާ ލިޕްސްޓިކެއް. ލުބިލަކް ޖައްސާލުމުން އެހެން މީހުންގެ ސަމާލުކަން ލިބެންފެށުމުން އިތުރު ހިތްވަރެއް ލިބޭނެ،" ލޫބުޓާން ބުނެފައިވެ އެވެ.
ލުބިލަކް ކަލެކްޝަންގައި ތަފާތު އަށް ކުލައެއް ހިމެނެ އެވެ. ހަމާއި އެއްކުލައަކުން ފެށިގެން، ރަތް، ފިޔާތޮށި އަދި މެރޫން ކުލަ ވެސް ހިމެނެ އެވެ. މި ލިޕްސްޓިކްތަކަކީ ވަރަށް ބޮޑަށް ވިދާ އަދި ކުލަ ގަދަ ލިޕްސްޓިކްތަކެކެވެ.
"ލިޕްސްޓިކް ޖެއްސުމުން ތުންފަތް ޕްލާސްޓިކް ސިފައަކަށް ހުރެގެން ނުވާނެ. ތުންފަތް ބޯޓޮކްސް ކުރާކަށް އެކަކުވެސް ބޭނުމެއް ނުވާނެ. އަހަންނަށް ކަމުދަނީ ތުންފަތް ވިދާލީމަ. މި ލިޕްސްޓިކް ޖައްސާލުމުން ހަމައެކަނި ތުންފަތުގައި ކުލަޖެއްސެނީކީއެއްނޫން. ތުންފަތް ބޮޑަށް ހައިލައިޓް ވެސް ވާނެ،" ލުބުޓާން ބުންޏެވެ.
ލުބިލަކް ލިޕްސްޓިކެއް ލިބެން ހުންނާނީ 85 ޑޮލަރަށް ކަމަށް ލަފާ ކުރެވެއެވެ. ކޮންމް ލިޕްސްޓިކެއް ޕެކެޖު ކޮށްފައިވަނީ ނަލަ ގަހަނާ ފޮއްޓެއްގަ އެވެ. އަދި މަހެއްގެ ހުޅުނބުތަކެއް ގޮތަށް ފަރުމާކޮށްފައިވާ ބިއްލޫރި ލިޕްސްޓިކް ފުޅި ކަރުގައި ފަށެއް ގޮތަށް އަޅާލެވޭނެ އެވެ. މި ލަގްޒަރީ ލިޕްސްޓިކް އަކީ ގައިމުވެސް ލިޕްސްޓިކަށް ލޯބިކުރާ މީހުންނަށް ނުވަތަ އަގުބޮޑު ހަދިޔާއެއް ގޮތަށް ދޭން ރަނގަޅު އުފެއްދުމެކެވެ.