ރޯދައަށް ހާއްސަކޮށް 14 ވައްތަރެއްގެ ކަދުރު އެމްއެޗްއޭގައި ވިއްކަނީ
ރޯދައަށް ހާއްސަކޮށް 14 ވައްތަރެއްގެ ކަދުރު އެމްއެޗްއޭގައި ވިއްކަނީ

ރޯދަ މަހަށް ހާއްސަކޮށް ތަފާތު 14 ވައްތަރެއްގެ ކަދުރު އެމްއެޗްއޭގައި ވިއްކަން ފަށައިފި އެވެ.

އެމްއެޗްއޭއިން ބުނީ ރޯދަ މަހަކީ ކަދުރު ބޭނުން ކުރާ މިންވަރު އިތުރުވާ މަހަކަށް ވާތީ، އެ ފިހާރައިން އެކި ގައުމުތަކުގެ އެކި ވައްތަރުތަކުގެ، އެކި ރަހަތައް ހިމެނޭ ކަދުރު ގެނެސްފައިވާ ކަމަށެވެ. އަދި އެ ތަނުން ވިއްކަނީ ޕްރިމިއަމް، ރަހަ މީރު އަދި ކޮލެޓީ ކަދުރެއް ކަމަށެވެ.

އެމްއެޗްއޭގައި ވިއްކާ ކަދުރުގެ ތެރޭގައި ފަރުދު، ހެނެއިޒީ، ލޫލޫ، ހަލާސް، މެދްޖޫލް، މަބްރޫމް، ސަފާވީ، ސުއްކާރި ރުތުބް، ސުއްކާރި މުފަތަލް، އަޖްވާ، ސީގައި، ހުދްރީ އަދި ޗޮކްލެޓް ކަދުރާއި ކަދުރު ފިލިން ހިމެނޭ މާމޯލް ބިސްކޯދު ހިމެނެ އެވެ.

އެމްއެޗްއޭއިން ކަދުރު ގެންނަނީ އޮމާން، އެމިރޭޓްސް، އިރާން، މޮރޮކޯ އަދި ސައުދީ އަރަބިއާއިންނެވެ.

އެމްއެޗްއޭއިން ބުނި ގޮތުގައި އެ ތަނުން ތަފާތު 53 ސައިޒުގެ ކަދުރު ޕެކެޓު ލިބެން ހުންނާނެ އެވެ. އެކި ސައިޒުތަކުން ކަދުރު ޕެކެޓުތައް ވިއްކަނީ އާއްމުން ބޭނުން ކުރުމަށާއި ކެފޭ، ރެސްޓޯރަންޓުތައް އަދި ރިސޯޓުތަކުގެ ބޭނުމަށް ކަދުރު ގަތުމުގައި ގިނަ އޮޕްޝަންތަކެއް ދިނުމަށެވެ.

އެމްއެޗްއޭއިން ބުނި ގޮތުގައި 1972 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެފްއެމްސީޖީ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ރާއްޖެއަށް ކޮލެޓީ ރަނގަޅު ގިނަ ޕްރޮޑަކްޓުތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ.

އެމްއެޗްއޭއަކީ ކަދުރު އެތެރެކޮށް ވިއްކުމުގައި އެންމެ ކުރީގައި ހިމެނޭ އެއް ތަނެވެ.