"ސްކޭން ޓު ޕޭ" އިން ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް
"ސްކޭން ޓު ޕޭ" އިން ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް

ބީއެމްއެލްގެ "ސްކޭން ޓު ޕޭ" ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިނާމުތަކާ އެކު މި ޕްރޮމޯޝަން އަށް ހަފުތާއަށް ކުރިއަށް ގެންދާނެ އެވެ.

މި ޕްރޮމޯޝަނުގައި ޑައިނެމިކް އަދި ސްޓެޓިކް ކިއުއާރް ކޯޑުން ފައިސާގެ މުއާމަލާތްތައް ކޮށްގެން ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ އެއް ކަސްޓަމަރަކަށް އަގުހުރި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ފިލިޕްސް އެލްއީޑީ 75 އިންޗީގެ ޓީވީއަކާއި ހިޓާޗީ އައިސް އަލަމާރި އަދި ޕްލޭސްޓޭޝަން 5 އާއި މައިކްރޯވޭވް އަވަން އަދި އެއާ ފްރަޔާ ފަދަ ތަކެތި ހިމެނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.