ވައްކަން ކުރުމަށް ފަހު ފިލަން އުޅެނިކޮށް އިމާރާތަކުން ވެއްޓިގެން ފަރުވާދެނީ
ވައްކަން ކުރުމަށް ފަހު ފިލަން އުޅެނިކޮށް އިމާރާތަކުން ވެއްޓިގެން ފަރުވާދެނީ

ވައްކަން ކުރުމަށް ފަހު ފިލަން އުޅުނު މީހަކު މާލޭގެ އިމާރާތެއްގެ ފަސް ވަނަ ބުރިން ވެއްޓިގެން ފަރުވާދޭން ފަށައިފި އެވެ.

އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ އިމާރާތަކުން ވެއްޓުނު މީހާއަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީގައި ކަމަށެވެ.

"އިމަޖެންސީގައި އޮތީ، ޑޮކްޓަރުން ބަލަމުން އެ ދަނީ މިވަގުތު. ޑޮކްޓަރުން ބެލުމަށް ފަހު އެނގޭނީ ލިބިފައި ހުރި އަނިޔާއެއް،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ފަސް ވަނަ ބުރިން އޭނާ ވެއްޓުނީ ގެއަކުން ވައްކަން ކުރުމަށް ފަހު ފުލުހުންނަށް ފިލަން އުޅެނިކޮށެވެ. މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އިމާރާތަކުން މީހަކު ވެއްޓިގެން ފަރުވާދެމުން އަންނައިރު، މި މަހުގެ 13ވަނަ ދުވަހު މާލޭގައި އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެސް މީހަކު ވެއްޓުނެވެ. ލިފްޓެއް ހަރުކުރަން އުޅުމުގެ ތެރޭގައި ސިޑިގޮޅިއަށް ވެއްޓުނު އެ މީހާ އަށް ފަރުވާދެނިކޮށް ވަނީ މަރުވެފަ އެވެ.