އެންމެ އަވަހަށް އެކައުންޓު ހުޅުވާ މީހަކަށް އެމްއައިބީން 5000ރ. ދެނީ
އެންމެ އަވަހަށް އެކައުންޓު ހުޅުވާ މީހަކަށް އެމްއައިބީން 5000ރ. ދެނީ

މިހާރު ކުރިއަށްދާ "އެމްއައިބީ ރަމަދާން ފެސްޓު" ގައި އަގުހުރި އިނާމުތަކެެއް ހުށަހަޅައި "ވަގުތުން އެކައުންޓް ޗެލެންޖު" ގެ ނަމުގައި ހާއްސަ ޗެލެންޖެއް އެމްއައިބީ އިން ފަށައިފި އެވެ.

މި ފެސްޓިވަލްގެ ޓައިޓަލް ސްޕޮންސަރަކީ އެމްއައިބީ އެވެ. މި ފެސްޓިވަލްގައި ކުރިއަށްދާ ޗެލެންޖުގައި އެމްއައިބީގެ ސްޓޯލަށް ގޮސް، އެންމެ އަވަހަށް ވަގުތުން އެކައުންޓު ހުޅުވައިގެން ބައިވެރިވެވޭނެ އެވެ. މި ޗެލެންޖުގައި ކޮންމެ ދުވަހަކު ވެސް އެންމެ ކުޑަވަގުތުކޮޅުގެ ތެރޭގައި އެކައުންޓު ހުޅުވާ ފަރާތަކަށް 5000ރ. އިނާމެއްގެ ގޮތުގައި ވަނީ ހުށަހަޅައިފަ އެވެ.

ކޮންމެ ދުވަހަކު ވެސް މި ޗެލެންޖު ކާމިޔާބުކުރާ ބައިވެރިއެއް ހޮވުމަށް ހަމަޖެހިފައި ވާއިރު، އިއްޔެ މި ޗެލެންޖު ކާމިޔާބު ކުރީ އެއް މިނެޓު 27 ސިކުންތުން ޗެލެންޖު ފުރިހަމަކުރި މީހެކެވެ. އޭނާއަށް ރޭގައި އެ ސްޓޯލްގައި ވަނީ އިނާމު ދީފަ އެވެ.

މި ޗެލެންޖުގައި ބައިވެރިވެވޭނީ އެމްއައިބީ ސްޓޯލުން ކޮންމެ ރެއެއްގެ 11 ޖަހަންދެނެވެ. ކޮންމެ ދުވަހެއްގެ ވެސް އެންމެ މޮޅު ބައިވެރިޔާ ހޮވާނީ އެ ދުވަހެއްގެ ޗެލެންޖު ނިމުމުންނެވެ.

އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ކުރިއަށްދާނެ އެވެ. "ރަމަދާން ފެސްޓު"ގެ ނަމުގައި ކުރިއަށް ދާ މި ފެސްޓިވަލަކީ އެކި ކުންފުނިތަކާއި ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ގިނަ ފަރާތްތަކަކަށް ފުރުސަތުދީ 120 ސްޓޯލު ހިމެނޭ ފެސްޓިވަލެކެވެ. މި ތަނުގައި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާނެ ތަކެތީގެ އިތުރުން ހެދުމާއި ގަހަނާއި އަދި ކިޗަން އެޕްލަޔަންސް އާއި ފޮތާއި އަދިވެސް ތަފާތު އެކި ޕްރޮޑަކްޓުތައް ސްޓޯލްތަކުން ލިބޭނެ އެވެ.