22 ފެބުރުއަރީ 2024 - 22:41

ރައީސް ޑރ. މުހައްމަދު މުއިއްޒު އާންމުންނާ ބައްދަލު ކުރައްވާ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާ ބައްދަލުވުން މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ބައިވެރިވެވަޑައިގަންނަވާ "އަހާ" ފޯރަމް މާދަމާ ރޭ 8:30 ގައި އޮންނާނެ ކަމަށެވެ.
އެ ފޯރަމްގައި ސީދާ އެމަނިކުފާނާ ސުވާލު ދެންނެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ މަހު 25 ގައި އާއްމުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ވެސް އަހާ ފޯރަމް ބޭއްވި އެވެ.
ސީދާ ރައީސް ބައިވެރިވެވަޑައިގަންނަވާ އެފަދަ ފޯރަމްތައް ވެސް ބޭއްވުމަކީ އެ މަނިކުފާނުގެ ވައުދުފުޅެކެވެ.