ދިޔަވަރު ބޮޑުވާ ވަގުތު އުތުރާއި މެދުތެރޭ އަތޮޅުތަކަށް އުދައެރުން އެކަށީގެންވޭ: މެޓް
ދިޔަވަރު ބޮޑުވާ ވަގުތު އުތުރާއި މެދުތެރޭ އަތޮޅުތަކަށް އުދައެރުން އެކަށީގެންވޭ: މެޓް

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުތުރާއި މެދުތެރޭ އަތޮޅުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފި އެވެ.

މެޓުން ނެރުނު ބަޔާނުގައި ބުނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ، މެޓުން ބުނިގޮތުގައި، އިރު އުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބުންޏެވެ.

ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާއިރު ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ހަފުތާގައި ބައެއް ރަށްރަށަށް އުދަ އަރައި ގެއްލުން ވެފައިވެ އެވެ.